ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 13:00
ގަހުގެ މޫތައް އުފުރި، ފަސްގަނޑު އުފުލިފައި-- ފޮޓޯ/ ޓްވިޓާ
ގަހުގެ މޫތައް އުފުރި، ފަސްގަނޑު އުފުލިފައި-- ފޮޓޯ/ ޓްވިޓާ
ޓްވިޓަރ
ރާއްޖެ މޫސުން
ޣާޒީ ބިލްޑިން ކައިރީގައި ހުރި ބޮޑު ގަހެއް ވެއްޓި، ސައިކަލްތަކަކަށް ގެއްލުންތަކެއް ވެއްޖެ
ގަސް ވެއްޓުމުން، މޫތަށް ލުހި، ފަސްގަނޑުވަނީ އުފުލިފައި

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ގަދަވަޔާއެކު މާލޭއަށް ވެނުނު ވާރޭގައި ޣާޒީ ބިލްޑިން ކައިރީގައި ހުރި ބޮޑު ގަހެއް ވެއްޓި، ސައިކަލްތަކަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

ޣާޒީ ބިލްޑިންގެ ކުރިމަތީގައި ހުރި ބޮޑު ގަސް ވެއްޓުނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ގަސް ވެއްޓުނީ ޕާކްކޮށްފައި ހުރި ސައިކަލްތަކުގެ މައްޗަށެވެ. 

ގަސްވެއްޓުމާ ގުޅިގެން، ޣާޒީ ބިލްޑިން ހިމެނޭ އަމީރު އަހުމަދު މަގުގެ އެއް ބައި ވަގުތުކޮޅަކަށް ބަންދުކުރިއެވެ. ސިފައިން ވަނީ ގަސް އެ ބޮޑު ގަސް ކީހައި ބުރިބުރިކޮށްގެން، މަގުން ނަގައި، މަގު އަލުން ހުޅުވާލާފައެވެ.

މާލެއަށް ރޭ ފަތިހު ކުރި ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، އާންމުނަށް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ނުކުރެވޭތީ ބައެއް އާންމުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މެދުރާއްޖެ ތެރެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މެދުރާއްޖެ ތެރޭގެ 11 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 34 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް