ރ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެތީ، އެސަރަހައްދުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ފަތިހު 4:00 ޖެހި އިރު ނެރުނު ޔެލޯ އެލަރޓްގެ ވަގުތު ހަމަވާނީ މިއަދު ހެނދުނު 8:15ގައެވެ.
ފަތިހު މާލެއަށް ބޯކޮށް ވާރޭ ވެހި، މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި މާލޭގެ ފިނި ހޫނުމިން 25 ޑިގްރީ ސެލްޝިއަސްއަށް ތިރިވިއިރު، ވިއްސާރަ ނުވިނަމަވެސް ހދ ހަނިމާދޫގެ ފިނިހޫނުމިން ރޭ 24 ޑިގްރީ ސެލްޝިއަސްއަށް ތިރިވިކަމަށް މެޓް އޮފީހުގެ ރެކޯޑްތައް ދައްކައެވެ.
ALERT YELLOW
— Maldives Meteorology (@MetMaldives) January 2, 2018
Advisory:
Torrential rain with heavy thunderstorms expected.
Area: Between Raa and Thaa atoll.
PERIOD:
03/0415 - 03/0815 hrs.
ISSUED:
0400 hrs 03 Jan 2018.
-MetService-
މިރޭ 8:00 އާއި ހަމަޔަށް އާއްމުކޮށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރުފޯރާނެއެވެ. އެހެން ހިސާބުތަކަށް މޫސުން ޢާންމުގޮތެއްގައި ރަގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގެ ކަނޑުތައް މަޑުވާނެކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.