ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 02:29
ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު
ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު
ގޫގުލް
ރިޔާސީ އިންތިހާބު 2018
ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭނަކަމަށް އދ. އިން ކަނޑައަޅާނެ: ޑރ ޝަހީދު
އދގެ ނިންމުމަށް އިޙްތިރާމްކުރަން މަޖުބޫރުވާނެ
ވޯކިންގ ގްރޫޕްގެ އަމުރަށް ނުކިޔަމަންތެރިވިހެން މިކަމުގައި ސަލާމަތް ނުވެވޭނެ
ރައީސް ނަޝީދާއި ވާދަކުރަން ރައީސް ޔާމީން ޖެހިލުންވޭ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނަކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން މިއަހަރު ކަނޑައަޅާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އދގެ ޚާއްސަ ރެޕަޓުއަރގެ މަޤާމުގައި މިވަގުތު ހުންނެވި ޑރ. ޝަހީދު އަންގާރަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން އެގޮތަށް ކަނޑައެޅުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޖެހިވަޑައިގަންނަވާނީ އިންތިޚާބެއް ނުބާއްވާނެކަމަށް ކަނޑައަޅަންކަމަށެވެ. އެހެން ނަމަވެސް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގެ ނިންމުންތަކަށް ތަބާވާނެކަމަށް 2006ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިޤްރާރުވެ، ދިވެހި ރާއްޖެއިން ސޮއެކޮށްފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ޑރ. ޝަހީދު ވިދާޅުވީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ނަޝީދު ބޭރުކުރި ގޮތަށް، 2018ގައި ބޭރުކުރަން ޖާގަ ދީގެން ނުވާނެކަމަށާއި، ވިހަލީ މޭވާ ކާކަށް ނުވާނެކަމަށެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް އދއިން ކަނޑައަޅާނެކަމަށް ޑރ. ޝަހީދު ވިދާޅުވިއިރު، ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް މިނިވަންކުރުމަށް އދއިން ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ކުރި އަމުރަށްވެސް ދިވެހި ސަރުކާރުން ތަބާވެފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ރާއްޖެ.އެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަންގާރަ ދުވަހުގެރޭ ޑރ. ޝަހީދު ވިދާޅުވީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒުކުރުމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނެރޭ އަމުރުތަކަށް ތަބާވުން، މުޢާޙަދާގައި ސޮއެކޮށްފައިވާތީ ރާއްޖޭގެ މައްޗަށް ލާޒިމްވާކަމަށާއި، މިއީ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި ތަފާތު މެކޭނިޒަމެއްކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ ސަރުކާރަށް ޕްރެޝަރކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށް އޮންނާނެކަމަށެވެ. ސަބަބަކީ އާބާދީގައި 4 ލައްކަ ކިރިޔާ ހަމަވާ ޤައުމަކަށް އިންސާނީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާފުވެ، އޭގެ ނަތީޖާތަކާއި ބައްދަލުނުވެ މާގިނަ ދުވަހު ދެމި ނޯވެވޭނެތީކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވުނަ ނުދޭން މަސައްކަތްކުރަނީ ރައީސް ނަޝީދާއި ވާދަކޮށް ބަލިވާނެކަން ރައީސް ޔާމީނަށް ޔަޤީންވެވަޑައިގަންނަވާތީކަމަށެވެ. އަދި ސަރުކާރު 'ބޭޒާރުވެ، އޮރިޔާންވުން' ނޫން ކަމެއް އެކަމުގައި ނުވާނެކަމަށް ޝަހީދު ވިދާޅުވިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނިންމާނެ ގޮތެއް ޑރ. ޝަހީދަށް އެނގިވަޑައިގަންނަވަނީ ކިހިނެއްތޯ ބައެއް ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ ރައީސް ނަޝީދު ކުރެއްވި ޝަކުވާއަށް ސަރުކާރުން ދޭނެ ސައްޙަ ޖަވާބެއް ނެތްކަމަށެވެ. އަދި "ދޭކާއި ދޭކާއި ގުނަ ކުރީމައި އަންނާނީ 4 ކަން ކަލްކިއުލޭޓަރއެއް ބޭނުން ނުކުރިޔަސް އެނގޭނެ" ކަމަށް ޝަހީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެކަމަށް ޑރ. ޝަހީދު ވިދާޅުވިނަމަވެސް، ޑރ. ޝަހީދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރެއް ނުވަތަ ރައީސް ނަޝީދުގެ މީހެއް ނޫންކަމަށެވެ.

ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދަށަށްދާ މައްސަލައިގައި އދގެ ހިއުމަން ރައިޓްސް ކައުންސިލުންނާއި އެހެން ގުނަވަންތަކުން ދަނީ ދޭތެރެދޭތެރެއިން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

- ކޮމެންޓް
3 ޖެނުއަރީ 2018 | ބުދަ 13:19
ރަޝީދު
އދ. އިން މާދަމާ ބުނަންވީ ދިވެރިރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރަންޖެހޭނޭ. އެހެން ބުނާއިރަށް ދިވެހިރާއްޖޭގައި އެކަން ކުރެވޭނެތޯ؟ މޮޔަ ނުގޮވާ، ޔަހޫދީންގެ ބައިތު ހިފައިގެން ރާއްޖެ ނައިސް ތިހެން އުޅޭ. ﷲގެ ހަޒުރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހު އެމީހުން ނުތިބޭނެ
3 ޖެނުއަރީ 2018 | ބުދަ 10:16
ހެހެ
ޝާހިދަށްވެސް އަދި އެހެން އޑޕ ސަޕޯޓަރުންނަށްވެސް ނުވިސްނޭ ތަންކޮޅަކީ ނަޝީދުއާ އެހެންވެސް ސިޔާސީ މީހުން ރާއްޖެއިން ބޭރަށް ފޮނުވާފައި އެތިބީ ކީއްވެގެންކަން. ސަބަބަކީ، އަންނި އެހެރީ ޑިޓެންޝަނަކު ނޫނޭ. ދެން ތިބި މީހުންވެސް ޑިޓެންޝަނަކު ނޫނޭ. އެހެންވީމަކާ ޑިޓެއިން ކޮށްގެން އަޅަން ޖެހޭ ފިޔަވަޅެއް މިހާރަކު ނޭޅޭނެއޭ. ޝާހިދުވެސް މި ކޮމެންޓް ކިޔާފަ މިވާގޮތަކާ ދޭތެރޭ ވިސްނަންވީނު.
3 ޖެނުއަރީ 2018 | ބުދަ 02:08
ސިންބެ
Balaa raajjeyga baavvaa inthihaabuga vaadhakureven jehey meehunah vaadha nukurevey meehun kada alhaanee UN akun noon. In in kameh kada elhiyas ehkamah kuraakahves nufeney. Ihahdhuvahu America aa Israel aa thikolhah un in kameh faaskuri veekameh ebaoihtho. Balai nugannaanamey amalukuraakah nujehe ey bunee
3 ޖެނުއަރީ 2018 | ބުދަ 01:24
ރައްޔިތުމީހާ
ދެލޯފުޅާ މޮޔަނުގޮވާ އދ އަކަށް ނޫން އިނގޭނީ މިގައުމުގަ ކަންކަން ކުރަންވީ ގޮތް އދ އިން ދޯ ނިންމީ އެމެރިކާ ނިންމުން ބާތިލޭވެސް އެކަމު އެއްކަމެއްވެސް ވިތަ؟؟ އަންނި ގާތު ބުނޭ މަބުންޏޭ އިނގިރޭސި ވިލާތުގަ މައިތިރިވެގެން ހުންނާށޭ އަންނިއަށް ވަރަށް ސަލާމް ބުނެދޭތި ދެން
3 ޖެނުއަރީ 2018 | ބުދަ 01:18
ކަބްޖީ
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާކަންތައްތަކާއިމެދު ފުންކޮށް ވިސްނާ ބޮލެއް ހުރި މީހެއްކަމުގައި ވާނަމަ، އެނގޭނެ އެއްކަމެއް އެބައޮތް. އެއީ. ރާއްޖޭގައި އޮންނާނީ ގައްޔޫމްގެ ޕާޓީއާއި ނަޝީދުގެ ޕާޓީ. ދެންތިބޭ ޕްލޭޔަރުންނަކީ ހަމަ މަޖަލަކަށް ތިބޭބައެއް. ބަންގްލަދޭޝްގައި ޝޭހު . ހަސީނާއާއި ހާލިދާޒިޔާ ތިބޭގޮތަށް ރާއްޖޭގައި އޮންނާނީ މިދެފިކުރު