ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 04:42
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް
ގޫގުލް
ޣިޔާސުއްދީން އިންޓަނޭޝަނަލް ސް
ޣިޔާސުއްދީން އިންޓަރނެޝަނަލް ސުކޫލުން ޝްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ޝްކޮލަރޝިޕް ހުޅުވާލާފައި ވަނީ ގްރޭޑް 1 އަށް އަލަން ވަންނަން އެދޭ ދަރިވަރުންނަށް
ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ 3 ފުރުސަތު ލިބޭނެ
ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ދަރިވަރުންގެ އެޑްމިޝަން ފީ އާއި ޓިއުޝަން ފީ ސްކޫލުން ދައްކާނެ

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ގްރޭޑް 1 އަށް އަލަން ވަންނަން އެދޭ، ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ 3 ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ދަރިވަރުންގެ އެޑްމިޝަން ފީ އާއި ޓިއުޝަން ފީ އެ ސްކޫލުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްކޮލަރޝިޕް ދެވުނު މިންގަނޑު ފުރިހަމަ ވާނަމަ ގްރޭޑް 10 ނިމެންދެން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ސްކޫލްގެ މެނޭޖްމަންޓުން ބުންޏެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތަކީ:

7 ޖަނަވަރީ 2018 – ސްކޮލަރޝިޕަށް އެދި ފޯރމް ހުށަހެޅުން

8 ޖަނަވަރީ 2018 – އެޕްލިކޭޝަންތައް އިވެލުވޭޓް ކުރުން

9 ޖަނަވަރީ 2018 – ޝޯޓްލިސްޓް ވާ ދަރިވަރުން އެސެސް ކުރުން

10 ޖަނަވަރީ 2018 – ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައެޅުން

11 ޖަނަވަރީ 2018 – ޝްކޮލަރޝިޕް ހަވާލުކުރުން

މި ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން ސްކޫލްގެ ރިސެޕްޝަނުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑް ކުރުމަށްފަހު، 7 ޖަނަވަރީ ވާ އާދިއްތަ ދުވަހުގެ ހަވީރު 3 ޖެހުމުގެ ކުރިން ލިޔެކިޔުންތަކާއި އެކު ފޯމްތައް އެ ސުކޫލްގެ ރިސެޕްޝަނަށް ހުށަހެޅުމަށް ސްކޫލްގެ މެނޭޖްމަންޓުން ވަނީ އެދިފައެވެ.

މީގެ އިތުރުން ސްކޮލަރޝިޕް އާއި ބެހޭ އިތުރު މައުލޫމާތު އެ ސުކޫލްގެ ރިސެޕްޝަނުން ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 31 މިނެޓު ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް