ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 21:10
އެ ޝޯވ ޤައުމީ ޓީވީ އިން ދިޔައީ ވަގުތުން ދައްކަމުން
އެ ޝޯވ ޤައުމީ ޓީވީ އިން ދިޔައީ ވަގުތުން ދައްކަމުން
މުހައްމަދު ޝަރުހާން
އާ އަހަރު ޝޯ
އާ އަހަރުގެ ޝޯގައި ނިވައިކަން ކުޑަ ހެދުން ބޭނުންކުރެވުނީތީ އެމްއައިޓީޑީސީ އިން މައާފަށް އެދިއްޖެ
ބޭނުންކޮށްފައިވާ ހެދުމަކީ އެންމެ އެކަށީގެންވާ ހެދުމެއް ނޫން ކަން ގަބޫލުކުރޭ
ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ވަނީ ބުނެފައި
އާންމު އިޖްތިމާއީ މިންގަނޑާ އެއްގޮތަށް ކުރިއަށް ގެންދަން ސަމާލުކަންދޭނެ ކަމަށް ވަނީ ބުނެފައި

އާ އަހަރު ފާހަގަކުރުމަށް އަލިމަސް ކާނިވަލްގައި ބޭއްވި ޝޯގައި އަންހެނުންތަކެއް ނިވާކަން ކުޑަ ހެދުން ލާފައިވާތީ އެ ޝޯ އިންތިޒާމް ކުރި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މާފަށް އެދިއްޖެއެވެ.

އެމްއައިޓީޑީސީ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެންގައި ބުނެފައި ވަނީ 2017 ވަނަ އަހަރު ޑިސެމްބަރ 31 ވަނަ ދުވަހުގެ ރޭ އާ އާހަރު ފެށުން ފާހަގަކުރުމަށް ބޭއްވި ޝްޓޭޖް ޝޯގައި ބެލުންތެރިންނަން ހުށައަޅާދިން އައިޓަމެއްގައި ބޭނުންކޮށްފައިވާ ހެދުމަކީ މިފަދަ ހަރަކާތެއްގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ހެދުމެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ. ޕީއެސްއެމް އިން ލައިވް ކުރި އެޝޯގައި އަންހެނުންތަކެއް ނިވާކަން ކުޑަ ހެދުން ލައިގެން ނެށުމުން ޖަމިއްޔަތުއް ސަލަފުންނާއި ބައެއް ޖަމިއްޔާތުގެ އިތުރުން ސޯޝަލް މީޑިއާގައި ވަނީ ގިނަ ބަޔަކު ފާނޑުކިޔާފައެވެ.

އެފަދަ ކަމެއް ތަކުރާރުނުކުރާނެކަން ފާހަގަކުރަމުން އެމްއައިޓީޑީސީން ބުނީ ކުރިއަށް އޮތް ތަނުގައި އިންތިޒާމްކުރާ ހަރަކާތްތައް، ރާއްޖޭގެ ސަގާފަތާއި ރިވެތި އުސޫލު އަދި އާންމު އިޖްތިމާއީ މިންގަނޑާ އެއްގޮތަށް ކުރިއަށް ގެންދަން ސަމާލުކަން ދޭނެ ކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދިޔަ އެ ޝޯވގައި ބައެއް ޑާންސް އައިޓަމްތައް ހުށަހެޅީ ނިވާކަން ކުޑަ، އަދި އިސްލާމީ ދިވެހި މުޖްތަމައުގެ އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް ހެދުން އަޅައިގެން ތިބި އިންޑިއާގެ ޑާންސަރުންތަކެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް