ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 14:46
އިދިކޮޅު ޕާޓީތަކުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
އިދިކޮޅު ޕާޓީތަކުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
މުހައްމަދު ޝަރުހާން
އިދިކޮޅު އިއްތިހާދު
އެއް ކެނޑިޑޭޓަކު ހޮވުމުގެ މަޝްވަރާއަށް މަންދޫބުން ކަނޑައަޅައިފި
އެމްޑީޕީއިން ހަސަން ލަތީފުއާއި އިބްރާހިމް މުހައްމަދު ސޯލިހު
ޖޭޕީއިން އަބްދުﷲ ރިޔާޒުއާއި ޑރ. ހުސައިން ރަޝީދު
އަދާލަތުން ޝިދާތާއާއި އެސްޖީ، ރައީސް މައުމޫންގެ ފަރާތުން ޔުމްނާއާއި ނާދިރާ

ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ އެއް ކެނޑިޑޭޓަކު ނެރުމަށް ކުރާ މަޝްވަރާތަކަށް ކޮންމެ ޕާޓީއަކުން ދެ މަންދޫބުން ކަނޑައަޅައިފި އެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު އެއް ކެނޑިޑޭޓަކު ނެރުމުގެ ޚިޔާލު ޕާޓީތަކުން ފާޅުކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ ރަސްމީ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވެއެވެ.  

އެހެން ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި، އެއް ކެނޑިޑޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮންމެ ޕާޓީއަކުން މިހާރުވަނީ ދެ މަންދޫބުން ނަގާފައެވެ. އަދި ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ފަރާތުން މަޝްވަރާތަކަށް ކަނޑައަޅާފައިވަނީ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފުއާއި ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އެވެ. 

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކަށް ކަނޑައަޅާފައިވަނީ، އެ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމަށްވާ، އަބްދުﷲ ރިޔާޒާއި ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އަދާލަތު ޕާޓީގެ މަންދޫބުންގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފުއާއި، ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން މަޝްވަރާއަށް ކަނޑައަޅާފައިވާ މަންދޫބުންނަކީ، ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެ، ޕާޓީތައް ގުޅިގެން އިންތިހާބުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މީގެ ކުރިން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ. އަދި އަދާލަތު ޕާޓީއިން ވެސް ވަނީ ރަސްމީކޮށް އެއް ކެނޑިޑޭޓަކު ނެރުމަށް ތާއީދުކޮށްފަ އެވެ. ނަމަވެސް، ކެނޑިޑޭޓަކާ ގުޅޭ ގޮތުން އަދި މިހާތަނަށް ރައީސް މައުމޫން ވާހަކަފުޅެއް ނުދައްކަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 ޑިސެންބަރ 2017 | އާދީއްތަ 14:39
ހ މ ޒ
އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ ކަމަށް ޝަހިންދާ ވިދާޅުވެ އިސްލާމްދީން ނޫން އެހެން ދީނަކަށް އުޅުމަށް ހިތްވަރު ދެއްވިއިރު މާތްﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވަނީ މާތް ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ!؟