ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 12:39
އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކެއް
އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކެއް
ޓްވިޓަރ
ފްލެޓެއްވެސް ފެކްޓަރީއެއް ނުހު
އަހަރު ނިމުނުއިރު އައްޑޫ ފްލެޓްތައް ހަވާލެއް ނުކުރެވުނު، މަސް ފެކްޓަރީވެސް ނުހުޅުވުނު!
ފްލެޓްތައް އިމާރާތްކޮށް ނިމިފައިވާތާ ދޮޅު އަހަރު
ކަރަންޓާއި ނަރުދަމާގެ މައްސަލަ އަދި ހައްލެއް ނުވޭ
މަސް ފެކްޓަރީގެ މަސައްކަތް ބަރަވެލި ދުވެލީގައި މަޑުމަޑުން

އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް މި 2017 ވަނަ އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށާއި މަސް ފެކްޓަރީވެސް ހުޅުވާނެ ކަމަށް ބުނެފައި އޮތަސް، އެކަން ހަގީގަތަކަށް ނުވި އެވެ. 

އައްޑޫ ސިޓީގެ ހިތަދޫގައި އިމާރާތްކުރި 264 ފްލެޓާއި ހުޅުމީދޫގައި އިމާރާތްކުރި 48 ފްލެޓްގެ މަސައްކަތް ނިމިފައި ހުންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. 

ފްލެތްތަކަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން މިދިއަ އަހަރުގެ މެއި މަހު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ފޯމް ހުށަހެޅި އެވެ. ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމަށްފަހު އެ ފްލެޓްތައް ހަވާލުކުރުމަށް އެކި ތާރީހުތައް ދިނެވެ. މި އަހަރުވެސް މިކަން ހަގީގަތަކަށް ނުވި އެވެ. 

އެނގިފައިވާ ގޮތުގައި އައްޑު ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލު ނުކުރެވިގެން އުޅެނީ ކަރަންޓްގެ ހިދުމަތާއި ނަރުދަމާގެ ކަންކަން މުޅިން ނުނިމޭތީ އެވެ. އެ ފްލެޓްތަކަށް ކަރަންޓް ދޭނަމަ ހިތަދޫ އިންޖީނު ގޭގެ ކަރަންޓް ކެޕޭސިޓީ މަތި ކުރަންޖެހެ އެވެ. ނަމަވެސް، 2017 ގައި އައްޑޫގެ ކަރަންޓްގެ މައްސަލައަށްވެސް ހައްލެއް ގެނެވިފައިއެއް ނުވެއެވެ.

އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް މިއަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ނުކުރެވި އަދި ހުޅުމީދޫގައި މިފްކޯގެ މަސް ފެކްޓަރީއެއް ގާއިމުކޮށް މިއަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ބުނި އެ މަސް ފެކްޓަރީވެސް ހުޅުވޭވަރެއް ނުވި އެވެ.

ހުޅުމީދޫގައި މަސްފެކްޓަރީއެއް ގާއިމު ކުރާވާހަކަ ސަރުކާރުން ބުނީ އައްޑޫގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި 2014 ވަނަ އަހަރު އެވެ. އެ މަޝްރޫއުގެ ބިންގާ އެޅޭވަރުވީ 2016 ވަނަ އަހަރު އެވެ. އެ މަސްފެކްޓަރީ ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވަނީ މި 2017 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. ނަމަވެސް 2017 ވަނަ އަހަރު ވެސް ނިމުމަކަށް އައީ އެވެ.

 

އައްޑޫ ގާއިމުކުރާ މަސް ފެކްޓަރީގެ މަސައްކަތް ކުރިއަށް ދަނީ 

މިފްކޯއިން ބުނެފައިވަނީ އެ މަސްފެކްޓަރީއަކީ ހަތް މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށެވެ. އެ ފެކްޓްރީގައި 1,500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭނެ އެވެ. އެފެކްޓަރީގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާކުރެވޭނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް