ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 08:56
އައިޝްވަރިޔާ ރާއި
އައިޝްވަރިޔާ ރާއި
ގޫގުލް
އައިޝްވަރިޔާ ރާއި
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން
އައިޝްވަރިޔާ ގެ އާފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގައި

ބޮލީވުޑްގެތަރި އައިޝްވަރިޔާ ރާއީގެ ކުރިއަށް އޮތް ފިލްމުން ފެނިގެން ދާނީ ޑަބަލް ރޯލުން ކަމަށް ޚަބަރުތައް ބުނެފިއެވެ.

އައިޝްވަރިޔާ މިހާރު ދަނީ އަހަރެއްހާ ދުވަސް ފަހުން ކުޅޭ ފިލްމު "ފަންނޭ ޚާން" ގެ ޝޫޓިން ފަށައިގެން ކުރިއަށް ގެންދަމުންނެވެ. ފަންނޭ ޚާން ގައި އައިޝްވާރިޔާ އާއެކު ލީޑްރޯލުން ފެނިގެން ދަނީ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއީއެވެ. އަންނަ އެޕްރީލް 13 ވަނަ ދުވަހު ރިލީޒްކުރާ "ފަންނޭ ޚާން" އަކީ އޮސްކާއަށް ނޮމިނޭޓްވި ޑަޗް ފިލްމު "އެވްރީބޮޑީ އިޒް ފޭމަސް" ގެ އަސްލަކަށް އުފައްދާ ފިލްމެކެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ފަންނޭ ޚާނަށް ފަހު އައިޝްވަރިޔާ ގެ އާފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގައެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޔޫރަޕް ސަރަހައްދުގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ފަންނޭ ޚާންގެ ޑައިރެކްޓަރަކީ އޯމްޕަރަކާޝް މެހެރާއެވެ. ފިލްމަށް ކޮސްޓިއުމް ޑިޒައިން ކުރަނީ މަނީޝް މަލޯތުރާއެވެ. ފަންނޭ ޚާން އަކީ މިއުޒިކަލް ކޮމެޑީ ފިލްމެކެވެ. އައިޝްވާރިޔާއާއިއެކު މި ފިލްމުގައި ބަތަލެއްގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް