ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 18:41
ހިޔަމަ ލަވައިގެ ސްކްރީންޝޮޓެއް
ހިޔަމަ ލަވައިގެ ސްކްރީންޝޮޓެއް
ގެޓީ އިމޭޖަސް
ރަންފޮށި
ރަންފޮށި ލިބުނީ ކާކަށް؟
ވީޑިއޯއެއް ޕްރޮމޯޓު ކުރާތާ މަހެއްހާ ދުވަސް ވަނީ ވެފައި
މި ވީޑިއޯ ލަވައިގައި ފެންނަނީ ރަން ފޮއްޓެއް ހޯދުމަށް ބަޔަކު ކުރާ މަސައްކަތް

ޑިޓިއުން ބޭންޑާއި އޯކޭޒް އިންކް އިން ގުޅިގެން ވީޑިއޯއެއް ޕްރޮމޯޓު ކުރާތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ.

ހުކުރު ދުވަހުގެރޭ ޝްވެކް ސިނަމާގައި ބޭއްވި ހަފްލާއެއްގައި މި ވީޑިއޯ ރިލީޒް ކޮށްފައިވާއިރު، މި ވީޑިއޯގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ކެމެރާމަން އިބްރާހިމް ވިޝާން (ކަނޑި)، އަދި މަޝްހޫރު ކޮރިއޮގްރާފަރ އަދި ޑައިރެކްޓަރ މުހައްމަދު މުންތަސިރު (މުންކޮ) ހިމެނެއެވެ.

ހަތަރު މިނެޓާއި ދިހަ ސިކުންތުގެ މި ވީޑިއޯ ފެށިގެން ދަނީ ހިނގާފައި ދާ މީހަކު ބިގަރެއް ރޯކުރާ ހިސާބުންނެވެ.

"ރުންކުރުވޭ ހާސްވެޔޭ، ގޮތްހުސްވޭ ފަސްޖެހޭ ، ރިޔަލެއް ނެތް އޮޑިއެއްބާ؟" އިން ފެށިގެން ކިޔަމުން އަންނަ މިލަވައިގެ ފުރަތަމަ ކަޑިއަށް ވިސްނާލާއިރު ހޯދަން އުޅޭ އެއްޗެއް ނުލިބިގެން އޭނާއަށް އެ އެއްޗެއް ލިބޭނެކަމުގެ އުއްމީދު ނެތް ކަން ހާމަވެއެވެ.

"ހިޔަމަ" ނަމުގައި އާންމު ކުރި މި ވީޑިއޯ ލަވައިގައި ފެނިގެންދަނީ ޑިޓިއުން ބޭންޑުގައި ހަރަކާތްތެރިވާ ފަސް ފަންނާނުންނެވެ. އެއީ ޑިޓިއުން ބޭންޑުގެ ފަސް މެންބަރުން ކަމަށްވާ ފާތިމަތު ފެޒްލީން (ފެޒޫ)، އަހުމަދު އާސިފް، އަލީ ޝާފިއު(އައްޔަ)، އަހުމަދު ފުރުގާން އަދި ހަސަން ފާތިހުއެވެ.

"ހިޔަމަ" ގެ މާނައަށް ބަލާއިރު ދިވެހި ބަހުގެ ރަދީފުގައި  މިބަސް ބޭނުންކުރަނީ ބަނޑުދޮށް ނޫން ހުރިހާ ތަނަކުން ވަރަށް މުރަނަ، ތޫނުދިގު ކަށިތަކެއް ފަޅައިފައިވާ މޫދުގެ ދިރޭ އެއްޗަކަށެވެ. "ހިޔަމައެއްކަހަލަ މީހެކޭ" އާންމުކޮށް ދިވެހިންގެ ތެރޭގައި ކިޔައިއުޅެނީ މަކަރުވެރި އަޑިނުބައި މީހުންނަށެވެ.

މި ވީޑިއޯ ލަވައިގައި ފެންނަނީ ރަން ފޮއްޓެއް ހޯދުމަށް ބަޔަކު ކުރާ މަސައްކަތެވެ.

މި ލަވައިގައި ގިނަ ކަންތައްތަކެއް ފެނިގެންދާއިރު، ފެޒޫއަށް ކުރިމަތިވާ ގެވެށި އަނިޔާ އާއި ރަން ފޮއްޓެއް ހޯދުމަށް ފާތިހު ކުރާ މަސައްކަތާއި މަކަރުވެރި ގޮތަކަށް އެކަމުގެ ތެރެއަށް ވަދެ، ރަން ފޮށީގެ ދަހިވެތިކަމުގައި ފެޒޫ ފާތިހު މަރާލާ ގޮތާއި، ހަމަ އެ ރަން ފޮށީގެ ދަހިވެތި ކަމުގައި އައްމަޑޭ އައްޔަ މަރާލާ ގޮތް މި ލަވައިން ފެނިގެން ދެއެވެ.

ދަހިވެތި ކަމާއި އަނިޔާވެރިކަން ފެނިގެންދިޔަ މި ލަވަ ނިމިގެން ދިޔައިރުވެސް ރަންފޮށި ލިބުނު މީހަކު ނޭނގުނުކަން ފާހަގަވިއެވެ. ރަން ފޮށި ލިބުނީ ކާކަށް ބާއެވެ. ފެޒޫއަށް ހެއްޔެވެ؟ ނުވަތަ ފަހުވަގުތު އެންމެ ދެ ސީން އިން ފެނިގެންދިޔަ އައްޔައަށް ހެއްޔެވެ؟

ހިޔަމަ ލަވަ

- ކޮމެންޓް