ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 07:46
ތާޕްސީ ޕައްނޫ
ތާޕްސީ ޕައްނޫ
ޓްވިޓަރ
ސޫރްމާ
ސަންދީޕްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ތާޕްސީގެ ފެނިލުން ދައްކާލައިފި
މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޝާޑް އަލީ
ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 29 ވަނަ ދުވަހު
ޝޫޓިން ފެށުމުގެ ކުރިން ވަނީ ޓްރެއިނިން ހަދާފައި

އިންޑިއާގެ މަޝްހޫރު ހޮކީ ކުޅުންތެރިޔާ ސަންދީޕް ސިންހް ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ސޫރްމާގައި ތާޕްސީ ޕައްނޫގެ ފެނިލުން ދައްކާލައިފިއެވެ.

ތާޕްސީވަނީ އަންގާރަ ދުވަހުގައި އޭނާ ފެނިގެންދާގޮތުގެ ފޮޓޯއެއް ޓްވިޓާ މެދުވެރިކޮށް ދައްކާލާފައެވެ.

ސަންދީޕް ސިންހް ގެ ރޯލު މި ފިލްމުގައި އަދާކުރަނީ ދިޖިލްތު ދޯސަންޖްއެވެ. ތާޕްސީ އަދާކުރަނީ މި ފިލްމުގައި ދިޖިލްތު ދޯޖަސަންގެ ލޯބިވެރިޔާގެ ރޯލެވެ.

ތާޕްސީގެ ފެނިލުމުގައި އޭނާ ފެންނަނީ އިންޑިއާގެ ގައުމީ ހޮކީ ޓީމުގެ ޖާޒީއެއް ލައިގެން ދަނޑުމަތީގައި ފުރަގަހަށް ހުއްޓައެވެ. އެޓީޝާޓުގެ ފަހަތުގައި ޖަހާފައިވާ ނަމަކީ ހަރްޕްރީތުއެވެ. ބެލެވޭގޮތުގައި ހަރްޕްރީތަކީ މިފިލްމުގައި ދިޖިލްތު ދޯޖަސަންޖްއަށް ކިޔާ ނަމެވެ.

ތާޕްސީއާއި ދިލްޖިތު ވަނީ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ހޮކީ ކުޅުމަށް ތަމްރީނުތަކެއް ވެސް ނަގާފައެވެ. ތާޕްސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ސަންދީޕްގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމަށް އޭނާ އާނ ބަސް ބުނީ ވަރަށް އުފަލުން ކަމަށާއި އޭނާގެ ހަޔާތުގައި ކުޅިވަރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ އޭނާ އިންޑިއާއިން އެންމެ ގަޔާވާ ސަރަހައްދު ކަމަށްވާ ޕަންޖާބުގައި ކަމަށް ތާޕްސީ ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާއަށް ލިބުނު ތަމްރީނުގެ ސަބަބުން ހޮކީ ކުޅެން ވަރަށް ރަނގަޅަށް ދަސްވެފައިވާ ކަމަށާއި ޝޫޓިން ނިންމާލުމަށް ފަހު ލިބޭ ހުސްވަގުތުތަކުގައި އޭނާ ހޮކީ ކުޅޭނެ ކަމަށް ތާޕްސީ ބުނެފައިވެއެވެ.

ޝާޑް އަލީ ޑައިރެކްޓު ކުރާ ސޫރްމާ ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް