ސްލޮބަޑާން ޕްރަލްޖަކް އަކީ އިންޑެޕެންޑަންޓް ސްޓޭޓް އޮފް ކްރޮއޭޝިއާ ނުވަތަ މިހާރުގެ ގޮތުން ނަަމަ ބޮސްނިއާ އަށް އުފަން އިންޖިނިއަރެކެވެ. ފިލްމު އަދި ތިއޭޓަރު ޑައިރެކްޓަރެކެވެ. އަދި ނިމުނީކީ ނޫނެވެ. އޭނާ އަކީ ވިޔަފާރިވެރިއެއްގެ އިތުރުން ކްރޮއޭޝިއާ އަސްކަރިއްޔާގެ ރިޓަޔާޑް ޖެނެރަލެެކެވެ.
ކޮންމެއަކަސް އޭނާ އަކީ ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް ޖަރީމާ ހިންގި އަސްކަރީ ކޮމާންޑަރަށް ވާތީ އޭނާ އަކީ މުސްލިމުންގެ ނަފްރަތު ނުހަނު ބޮޑަށް ލިބިފައިވާ މީހެކެވެ. ބުދަ ދުވަހު އިވިގެންދިޔަ އަޑަކީ އޭނާ އަމިއްލައަށް ޒަހަރު ބޮއެގެން މަރުވި ވާހަކައެވެ. ކަންވީގޮތަށް ބަލާލަމާތޯއެވެ.
ޔޫގޯސްލާވިއާގެ ވެރިން ހިންގާފައިވާ ޖަރީމާތަކުގެ ޝަރީއަތްތައް ކުރާ އދގެ ޓްރަބިއުނަލްގެ އަޑު އެހުމެއްގައި ހުރެ ކްރޮއޭޝިއާގެ ކުރީގެ އަސްކަރީ ކޮމާންޑަރު ސްލޮބޮޑާން ޕްރަލްޖަކް، ބުދަ ދުވަހު ޒަހަރު ބުއިމުގެ ސަބަބުން މަރުވީ ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ އދގެ ކޯޓުގައި ޝަރީޢަތް ކުރިއަށްދަނިކޮށެވެ.ޝަރީއަތުގެ މަޖިލީހުގައި ޕްރަލްޖަކް ޒަހަރު ބުއިމަށް ފަހު ބުނީ "ދެންމެ ޒަހަރު ބޮއިފި ކަމަށާއި" އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އޭނާ މަރުވީ ޒަހަރު ބުއިމަށްފަހު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އަދި އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށް ބުންޏެވެ.
ޕްރަޖަކްގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ބުދަ ދުވަހު އޮތީ އެމައްސަލައިގެ އިސްތިއުނާފުގެ އަޑު އެހުމެކެވެ. 1992ވަނަ އަހަރާއި 1995ވަނަ އަހަރާއި ދެމެދު ހިނގި ހަނގުރާމައިގައި ބޮސްނިއާގެ އެތައް ހާސް މުސްލިމުންނަކަށް އަނިޔާދީ މަރާލި މައްސަލައިގައި ޕްރަޖަކްއާއި އޭރުގެ ކްރޮއޭޝިއާގެ އަސްކަރީ އަދި ސިޔާސީ 6 ލީޑަރެއްގެ މައްޗަށް ކުށް ސާބިތުވެ ގިނަ އަހަރުތަކަކަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ 2013ވަނަ އަހަރުއެވެ.
މިމައްސަލައަކީ ކުރީގެ ޔޫގޯސްލާވިއާ ދައުލަތުގެ ދަށުގައި ހުރި ގައުމުތަކުން ހިންގި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް އެކުލަވާލި އދގެ ޚާއްސަ ޓްރައިބިއުނަލްގެ އެންމެ ފަހުގެ މައްސަލައެވެ. މި ޓްރައިބިއުނަލް އަންނަ މަހު އުވާލާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ. 1993ވަނަ އަހަރު ޔޫގޯސްލިއާ މައްސަލައިގެ ތެރޭގައި އުފެއްދި މި ޓްރައިބިއުނަލްއިން ވަނީ ސަރބިއާގެ ކުރީގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް ރަޓްކޯ މިލަޑިޗްގެ މައްޗަށް ހަނގުރާމައިގައި ގަތުލުއާއްމު ހިންގި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާފައެވެ.