ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 15:50
ރައީސް ޔާމީން ކުޑަކުއްޖަކާއި ސަލާމް ކުރައްވަނީ
ރައީސް ޔާމީން ކުޑަކުއްޖަކާއި ސަލާމް ކުރައްވަނީ
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީން
ރައީސް ޔާމީން އާ ބައްދަލުވި އައިޝާ އަށް.....!
އައިޝާއާއި ބައްދަލުވެ، ދެއްކެވި ވާހަކަތައް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަރަށް ގިނަ ވާހަކަ ދެއްކެވި
ރައީސް ޔާމީން ކުޑަކުދިންނަށް އަޅާލައްވާކަމަށް ވިދާޅުވިނަމަވެސް އެއީ ހަޤީޤަތެއް ނޫންކަމަށް ގިނަ ބަޔަކު ބުނޭ
ކުޑަކުދިންނަށް ރައީސް ޔާމީން ކިޔައިނުދެއްވާ ވާހަކަ ގިނަ

ޕީޕީއެމްގެ ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ވަރުގަދަ ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުން އަޅުގަނޑު އަޅައިގަތީ، ރައީސް އާއި ބައްދަލުވި އައިޝާގެ ވާހަކައިގައެވެ. އެއީ ކޮންމެވެސް ރަށަކުން ރައީސް ޔާމީންއަށް ބައްދަލުވި 7 އަހަރުގެ ކުއްޖެއްގެ ވާހަކައެވެ. މީހަކު ހައިރާންވެ އަންތަރީސްވާހާ އެމަނިކުފާނުގެ ހަނދުމަފުޅު ގަދައެވެ. ރައީސް ޔާމީން ރަށަކަށް އަރާވަޑައިގަންނަވާއިރު ބަނދަރުމައްޗަށް އެއްކުރާ ކޮންމެ މީހަކާއި އެމަނިކުފާނު ބައްދަލުވެ ދެކެވޭ ވާހަކަތައް އަކުރުން ފިއްޔަށް ހަނދުމަފުޅުގައި ބަހައްޓަވަނީތާއެވެ. އެކަމަކު ވަގުތުން ޓީވީތަކުން މި މަންޒަރުތައް ބެލި މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނޭއިރު އެމަނިކުފާނު ވަޑައިގަތް އެއްވެސް ރަށަކުން ކުޑަކުއްޖެއް ކައިރީގައި މިހާ ގިނަ އިރު ވާހަކަފުޅު ދައްކަވަން ޝާމިލުވެ ހުންނަވަނިކޮށް ނުދެކެމެވެ. ފަހަރުގައި އަޅުގަނޑުގެ ލޯމަތިން އެމަންޒަރު ކައްސާލީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ އަކަސް ރަށަކުން އެމަނިކުފާނާ ބައްދަލުވި 7 އަހަރުގެ މި އައިޝާ އަކީ އިނގިރޭސި ބަހަށްވެސް ވަރަށް ފަރިތަ ކުއްޖެކެވެ. އެއާއެކު ރައީސް ޔާމީންވެސް އެކުއްޖާއާ ވާހަކަފުޅު ކުރިއަށް ގެންދެވި ކަމަށްވަނީ އިނގިރޭސި ބަހުންނެވެ. ރާއްޖެއަށް ރޮކެޓް ސްޕީޑްގައި އަންނަމުން މިދާ ތަރައްގީގެ ކުލަވަރު މިހިރީ ފެންނާށެވެ. ރަށްރަށުން ރައީސް އާ ބައްދަލުވާ ތުއްތު ތުއްތު ކުދިންވެސް އިނގިރޭސި ބަހަށް ދޫފަރިތަވެފައިވާ މިންވަރު ރައީސް އަރިހުގައި ތަމްސީލްކޮށްލުމަކީ އެކުއްޖާ އަށްވެސް އެކުދިންގެ މައިން ބަފައިންނަށްވެސް ލިބޭ ބޮޑު ފަޚުރަކަށް ނޫނީ ނުވެނުދާނެއެވެ.

ކޮންމެ އަކަސް ރައީސް ޔާމީން އާއި އެ ލޯބި ލޯބި އައިޝާ ދެއްކި ވާހަކަތައް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވިއިރު އެއީ ވަރަށް އުއްމީދީ ވާހަކަތަކެއްގެ ގޮތުގައި ސިފަ ކުރެއްވި ނަމަވެސް އެ ވާހަކަތައް އަޅުގަނޑު އަޑު އަހަމުން ދިޔައިރު، މީގައި ރައީސް އައިޝާ ގާތު ވިދާޅުނުވި ހާދަ މުހިންމު ވާހަކަތަކެއް، އައިޝާގެ ކުރިމަގާ ގުޅޭ ގޮތުން އެބަ ހުއްޓޭ ހިތަށް އެރިއެވެ.

އެކަމަކު އެވާހަކަތަކަށް ދިއުމުގެ ކުރިން، އިނގިރޭސި ބަހަށް ދޫފަރިތަ، ހޭލުންތެރި، ލޯބި އައިޝާއަށް އަބަދު ޓީވީތަކުން ފެންނަ މަގުމަތީގެ ބޮޑެތި ބިލްބޯޑުތަކުގައި ސޫރަވާ، ދައުލަތުގެ ކޮންމެ އިމާރާތެއްގައި ބެހެއްޓިފައިވާ ފޮޓޯފުޅުތަކުން ފެންނަ ރައީސް ވަކި ކުރަން ނޭގުނީ ކީއްވެ ބާވައޭ އަޅުގަނޑުގެ ހިތައް އެރިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އައިޝާގެ މަންމަ އައިޝާ ކައިރީގައި އެއީ އައިޝާގެ ރައީސްއޭ ބުނިކަމަށެވެ. އެއާއެކު ވެސް އައިޝާ އަކަށް އެ ކަމެއް ޔަގީނެއް ނުވިއެވެ. އެއާއެކު، އައިޝާ އެހިކަމަށްވަނީ "އާރ ޔޫ މައި ޕްރެޒިޑެންޓް" އެވެ.

މައްސަލައެއް ނެތެވެ. އެހެން ވެސް ވެދާނެއެވެ. އެކަމަކު ޝައްކެއްވެސް ނެތް ގޮތުގައި އެ އައިޝާއަކީ ވަރަށް ތޫނުފިލި ކުއްޖެކެވެ.

އައިޝާގެ ތޫނުފިލިކަން ހުރި މިންވަރަކީ، ގައުމުގެ ރައީސް އަށް ބަސް ދަންނަވާލަން ލިބުނު ދަނޑިވަޅުގައި ދެން ކޮށްލި ސުވާލުވެސް ރައީސް ހިތްޕުޅާ ވާ ޒާތުގެ ވާހަކަފުޅެއް ދައްކަވާލެއްވޭނެ ގޮތަކަށް އެ ސުވާލު ބައްޓަން ކޮށްލުމެވެ.

ދެން އައިޝާ އެހިކަމަށްވަނީ "ވައި އާރ ޔޫ މައި ޕްރެޒިޑެންޓް؟" މިހެންނެވެ.

އެއާއެކު "ބިކޯޒް އައި ކެއަރ ފޯރ ޔޫ" އޭ ލަހެއްފަހެއް ނެތި ރައީސް ވިދާޅުވެއްޖެއެވެ.

"ބިކޯޒް އައި ކެއަރ ފޯ ޔޫ" އޭ ރައީސް ވިދާޅުވުމުން އެ ވިދާޅުވީ ލައްކަ ވާހަކަފުޅެވެ. އައިޝާ އަށް މިހާރު ވެސް އަޅާލައްވާ، އަދި އައިޝާގެ ކުރިމަގާ އުއްމީދުތަކަށް ވިސްނާވަޑައިގަންނަވާ އެކަންކަން ހަގީގަތަކައް ހެއްދެވުމަށް ހުންނެވި ބޭފުޅެއްގެ ގޮތުގައި ރައީސް އައިޝާއަށް ކޮންމެއެކަސް ޖަވާބު ދެއްވައިފިއެވެ.

އެއާއެކު އާއިޝާ ގާތު އަޅުގަނޑު އަހާނަމޭ ހިތަށް އެރި ލައްކަ ސުވާލު އުފެދިއްޖެއެވެ. އައިޝާއެވެ، ރައީސް ޔާމީން އެދެއްކެވި ވާހަކަޔަށް ނިކަން ވިސްނާށެވެ. ޑޫ ޔޫ ރިއަލީ ތިންކް ހީ ކެއަރޒް އެބައުޓް ޔޫ؟ ޑޫ ޔޫ ރިއަލީ ތިންކް ހީ ކެއަރޒް އެބައުޓް ދަ ފިއުޗަރ އޮފް ޔޫ ލިޓްލް ގަރލްޒް އެންޑް ބޯއިޒް؟

އައިޝާމެން ކަހަލަ ކުޑަ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މުސްތަޤްބަލަށް ރައީސް ޔާމީން ވިސްނާވަޑައިގަންނަވާ ނަމަ ތިކުދިންގެ މުސްތަޤްބަލް އުޖާލާކުރުމަށް މަސައްކަތް ކުރައްވާނެތާއެވެ.

ޑިޑް ހީ  ޓެލް ޔޫ ދެޓް ޔޫ ވިލް ހޭވް އަ ހިއުޖް ޑެޓް ހޭންގިންގ އޯވަރ ޔުއަރ ހެޑް ވެން ޔޫ ގްރޯ އަޕް؟ އައިޝާމެންނަށް ނުވެސް އެނގި އައިޝާމެން ކަހަލަ ކުދިންނާއި އައިޝާމެންގެ ބައްޕަޔާއި، މަންމަޔާއި މުޅި ޤައުމުގެ ނަމުގައި ބޭރުން ބޮޑެތި ލޯނުތައް ސަރުކާރުން އެބަ ނަގައެވެ. މިހާރު އެކަން ކުރަނީ މުޅިން ސިއްރުންނެވެ. ކުރިން ރައްޔިތުންގެ މަންދޫބުން އެފަދަ ލޯނުތަކަށް ބަހުސް ކުރަން ފުރުސަތު އޮތަސް އެކަން ވެސް ބަންދު ކޮށްފިއެވެ. އައިޝާމެން ބޮޑުވީމައި އެލޯނު އެޅޭނީ އައިޝާމެންގެ ބޮލުގައެވެ. މޭބީ ހީ ފޮރގޮޓް ޓު ޓެލް ޔޫ އެބައުޓް އިޓް ކަންނޭގެއެވެ.

ޔޫ މައިޓް ހިއަރ އެބައުޓް އެމްއެމްޕީއާރްސީ އެންޑް ކޮރަޕްޝަން އަ ލޮޓް ދީޒް ޑޭޒް. އެއީ ކީއްވެގެންކަން އައިޝާއަށް އެނގޭހެއްޔެވެ؟

ދިވެހި ސަރުކާރަށް ވަންނަން ޖެހޭ އެތައް ބައިވަރު ފައިސާތަކަކަށް ބަޔަކު ޚިޔާނާތްތެރިވީއެވެ. ރާއްޖޭގައި ސަރުކާރުގެ ތެރޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކެއަރ ކުރާ ސަރުކާރެއްގެ ތެރޭގައި ހިނގައިގެންވާނެ ހެއްޔެވެ؟ އޭގެ ތެރެއިން ބައެއް ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާކަމަށް މިހާރުވަނީ އެނގިފައެވެ. ސަމް ޕީޕަލް ސްޓޯލް އަ ލޮޓް އޮފް މަނީ ދެޓް ބިލޯންގްސް ޓު ޔޫ އެންޑް ޔުއަރ ފެމިލީ އެންޑް އޯލް އޮފް އަސް. އައިބެޓް ހީ ޑިޑްންޓް ޓެލް ޔޫ އެބައުޓް ދިސް. ނޫން ހެއްޔެވެ؟

ރާއްޖޭގެ ތިމާވެއްޓަކީ އައިޝާމެން ބޮޑުވެގެން އެވެއްޓެއްގެ އުފާ ހާސިލް ކުރަން ގުދުރަތުން ދެއްވާފައިވާ އަގު ބޮޑު ހަދިޔާ އެކެވެ. އެކަމަކު ކެއަރ ކުރާ ސަރުކާރަކުން އެ ވެއްޓެއް އެއްވެސް ކެއަރ ކުރުމެއް ނެތް ކަން އައިޝާ އަށް އެނގޭ ހެއްޔެވެ. އިންދަ ނޭމް އޮފް ޑިވެލޮޕްމަންޓް ދޭ އަރ ޑިސްޓްރޯއިން އަވަރ ވެލިއުބަލް އިކޯ ސިސްޓަމްސް ކަން އައިޝާ ދެނެހުރީމު ހެއްޔެވެ؟  

ބޮޑު ތަކުރުފާނާއި އަލި ރަސްގެފާނުގެ ފަދަ ބަތަލުންގެ ވާހަކަ އައިޝާ އަޑުއަހާނެއެވެ؟ ދޭ އާރ އަވަރ ހީރޯޒް އެވެ. އަލި ރަސްގެފާނު ފޯޓް އެގެއިންސްޓް އިންވޭޑިންގ ފޯސަސް އެންޑް ވޯޒް މާޓިއަރޑް. ބޮޑުތަކުރުފާނު ސޭވްޑް އަސް ފްރޮމް ދަ ޕޯޗްގީޒް އެންޑް ލޭޓަރ ބިކޭމް އަވަރ ކިންގް. އެބޭބޭފުޅުން ވަޅުފުޅުލާފައިވަނީ މާލޭގައެވެ. އެކަމަކު މިހާރު ރައީސް ޔާމީންގެ ސަރުކާރުން އެބޭފުޅުންގެ މަޤްބަރާތައް ހުންނަ ތަންތަން އެދަނީ ނަގަމުންނެވެ. އެފަދަ ހީރޯ އިންނަކަށް މިހާރު މާލެއަކުން ޖާގަ އެއް ނެތެވެ. ސަލްޓަން ޕާކް ކަންމަތީގައި ހުރި ވަރަށް ކުޑަކުޑަ ރީތި މިސްކިތް މަތިން އައިޝާ ހަނދާން ހުންނާނެ ކަންނޭގެއެވެ. އެމިސްކިތް ވެސް މިހާރު އެވަނީ ނަގާފައެވެ. ވީ ތަނެއްވެސް ނޭނގޭ ކަމަށް ވެއެވެ. އައިޝާމެން ބޮޑުވާން ވާއިރަށް އާދަކާދައާއި ސަޤާފަތް އެދަނީ މިސަރުކާރުން ހަލާކުކުރަމުންވެ. ކެއަރ ކުރައްވާ ރައީސް، އަހަރެމެންގެ ސަގާފަތާ ތާރީޚަށް ކެއަރ ނުކުރައްވަނީ ކީއްވެ ކަމެއް ނޭނގެއެވެ. ދިވެހި ބަހުން ރީތިކޮށް ބަސްފުޅު ވިދާޅުވެވެން އޮއްވާ، ބަހަށް ވެސް ކެއަރ ނުކަރައްވާ ރައީސް އައިޝާ އާ އިނގިރޭސި ބަހުން މުޚާތަބް އެ ކުރެއްވީ އިނގިރޭސި ބަހަށް މާ ބޮޑަށް ކެއަރ ކުރައްވާތީ ކަމަށް އައިޝާ އަށް ނުވިސްނޭ ހެއްޔެވެ؟

އައިޝާ ގާތުގައި ރައީސްގެ ބަޒް ވޯޑަކީ ހޯޕްއޭ ވިދާޅުވިއެވެ؟ އައިޝާއަށް އެނގޭހެއްޔެވެ؟ އަސްލު އެ ވިދާޅުވި ހޯޕް ހަގީގަތުގައި ފެންނަނީ ހޯޕްލެސް ވެފައި ވާތަނެވެ. އައިޝާގެ ދައްތަމެން އޭޖް ކުދިން ވަރަށް މޮޅަށް ކިޔެވީމައި ބޭނުންތާކަށް ގޮސް ކިޔަވަން ސަރުކާރުން ކުރިން ފުރުސަތު ދެއެވެ. އެކަމަކު ނައު، އިފް ޔޫ ޑޫ ރިއަލީ ވެލް އިން ސްކޫލް، ޔޫ އެންޑް އަޕް ސްޓަޑީން ވަޓް ދަ ގަވަމަންޓް ވޯންޓްސް އޯ ވެއަރ ދޭ ވޯންޓް ޔޫ ޓު ސަޓަޑީ. އަނެއްކޮޅުން، ކިޔަވައިގެން މަތީ ފާސް ނަގައިގެން އައިސް ތިއްބަސް ސަރުކާރުގެ މަތީ މަގާމުތައް ދިނުމުގައި ފާހަކަށް ބެލުމެއްނެތެވެ. އުއްމީދާ އެކު ދިރިއުޅުން ބިނާ ކުރުމަށް ކިޔަވައިގެން އަންނަ ކުދިންނަށް އެއްވެސް ހޯޕެއް ނެތެވެ. ސިޔާސީ އެކްޓިވިސްޓުންނަށް މާ ހޯޕް ބޮޑެވެ. ގޮތް ކިޔަން މަތިފަޑީގައި އެތިބީ އެމީހުންނެވެ. އައިޝާ ސިޔާސީ ކަންކަމަށް ޝައުޤުވެރިކަން ހުންނަހެން ހީވެއެވެ. ޤައުމެއްގެ ރައީސް އަރިހު ތީ ތިމަންނަގެ ރައީސަކަށްވީ ކިހިނެއްހޭ އަހާނީ އެކަމަށް ޝައުޤުވެރިކަމެއް ހުރީމާ ކަންނޭނގެއެވެ. ބަޓް ދެއަރ އިޒް ނޯ ހޯޕް އިން އަ ޕޮލިޓިކަލް ކެރިއަރ އަންޑަރ ޕްރެޒިޑެންޓް ޔާމިންސް ލީޑަރޝިޕް. ޔޫ އެއިދަރ އެންޑް އަޕް އިން ޖެއިލް އޯ ޔޫ ފްލީ ދަ ކަންޓްރީ އެންޑް ލީވް ޔުއަރ ފެމިލީ އެންޑް ލަވްޑް ވަންސް. ނޮޓް ސޯ ހޯޕްފުލް ނޫން ހެއްޔެވެ؟

އައިޝާއަށް އެނގޭހެއްޔެވެ؟ އައިޝާމެން ޤައުމުގެ ސިޔާސީ ލީޑަރުން ތިބީ ޖަލުގައެވެ. ދޭ ކާންޓް ބީ ވިތް ދެއަރ ފެމިލީ އެންޑް ހޭވް ޑިނަރ ވިތް ދެއަރ ފެމިލީ ލައިކް ޔޫ އެންޑް އައި ޑޫ. ދޭ އާރ ސޭޑް، ބިހައިންޑް ބާރޒް. ނޮޓް ފެއަރ އެއް ނޫން ހެއްޔެވެ؟

ދަ ޕްރެޒިޑެންޓް ޑިޑް ސޭ ދެޓް ހީ ވޮންޓް ލެޓް ޔޫ ޑައުން ދޯ؟ ވެލް، ހީ ހޭޒް އޮލްރެޑީ ލެޓް ޔޫ އެންޑް ދަ ހޯލް ނޭޝަން ޑައުން. ބޭރު ދުނިޔޭގައި ރާއްޖެއަށް އޮތް ގަދަރު ކުޑަވެއްޖެއެވެ. ބޮޑެތި ގައުމުތަކުންނާ ޖަމްއިއްޔާ ތަކުން ރާއްޖެއާ ބެހޭ ގޮތުން ނެރެމުންދާ ބަޔާންތަކަށް ބަލާ ލުމުން އައިޝާ މެންގެ ކުރިމަގަށް ކެއަރ ކުރައްވާ، ހޯޕް ދެއްވާ ރައީސަކު ހުންނެވި ހެން ހީވެސް ނުވެއެވެ.

އައިޝާގެ ވާހަކަ ރައީސް ވިދާޅުވި އިރު ހިތައް އެރީ ޓޯއީ ސްޓޯރީގައި ފެނިގެންދާ ޖެސީ ނުވަތަ ފްރޯޒަންގައި އުޅޭ އެލްސާ ފަދަ ޚިޔާލީ ދުނިޔެ އެއްގައި އުޅޭ ކަހަލަ ކުއްޖެއްގެ ދުނިޔެއަށް ރައީސް ވަޑައިގެންނެވިހެންނެވެ. ފަހަރުގައި ކުޑަކުދިންގެ މެދުގައި މަޝްހޫރު މިފަދަ ކާޓޫން ކެރެކްޓަރުންގެ ލިސްޓަށް އައިޝާ އިތުރު ވެގެން ދިޔައީ ނޫން ބާވައޭވެސް އަޅުގަނޑުގެ ހިތައް އެރިއެވެ. އައިޝާ އަކީ ހަގީގީ ކުއްޖެއް ނަމަ އަޅުގަނޑާ ކޮންމެވެސް ދުވަހަކުން ބައްދަލުވާނެ ކަމަށް އުއްމީދު ކުރަމެވެ. އެހެން އެކަން ވެއްޖެ ނަމަ ކިޔައިދޭނެ ލައްކަ ބައިވަރު ހަގީގީ ވާހަކަތައް އެބަހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 ނޮވެންބަރ 2017 | ހުކުރު 18:32
ހ މ ޒ
ފޮޓޯތައް ހިއްސާކޮށް އަމިއްލަ ނަފްސަށް ވެސް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންތޯ؟
24 ނޮވެންބަރ 2017 | ހުކުރު 18:28
ހ މ ޒ
ޖަލްސާ ފެއްޓުމުން ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ. "އެތައް ހާސް" އިދިކޮޅު ސަޕޯޓަރުން ފެންނާނެ ކަމަށް ޕްރޮމޯޓު ކުރެވުނު ޖަލްސާއިން ފެނިގެން ދިޔައީ އެންމެ ހާހަކާއި ގާތްކުރާ އަދަދެއްގެ މީހުންނެެވެ. ފޮޓޯތަކަށް ބަލައިލުމުން ހާހަކަށް ވެސް މީހުންގެ އަދަދު ނާރާކަން ފެނިގެން ދެއެވެ. މުޅި އަތޮޅުގެ އެތަން މިތަނުން ގެނައި "އެތައް ހާސް" ސަޕޯޓަރުންނަށް ވީނުވީ އެއް ނޭންގުނެވެ. ފަހަރެއްގައި ރަށަށް އެރުމަށްފަހު އެމީހުން ކޮފީތަކަށް އެރި ގޮތަށް ހޮޓާތަކުގައި ހަރުލީ ކަމަށް ވެސް ވެދާނެ ނޫންތޯ؟
23 ނޮވެންބަރ 2017 | ބުރާސްފަތި 16:28
އަނޮނި
ކުއްޖާގެ ބޮލަށް އިބިލީސްގެ ވަސްވާސް ރާއްޖެ އެމް،ވީ ވައްދާ މަސައްކަތް ކުރާނެ ކުއްޖާ ސަލާމަތްކުރޭ
23 ނޮވެންބަރ 2017 | ބުރާސްފަތި 16:21
އަލީ
ހަޖަމް ގެ މައްސަލަ ވަރަށްބޮޑުދޯ؟ އެމްޑީޕީ ގުނބޯލުންނަށް އުނދަގޫވާނެ ހަޖަމްކުރަން، ކިތަންމެ ނެގަޓިވް އާރޓިކަލް ތަކެއް ލިޔުނަސް ރައީސްޔާމީނުގެ ތަރައްގީއެއްވެސް އަދި އަހަރުމެންގެ ތާއީދެއްވެސް ކުޑައެއްނުވާނެ.. 3އަހަރުން ގައުމު ދަވާލައިގެން ތަރައްގީއަށް ގާބުރިއެއްވެސް ނުބޭއްވުނު ބަޔަކު ނެރޭ ތިކަހަލަ ލިޔުންތަކުން ހިތްހަމަޖައްސާލައިގެން ތިބޭނީ އެމްޑީޕީ ގެ ގުނބޯލުން އެކަނި...ދެން އަތްޖަހާ. ނުކެރޭނެ މިކޮމެންޓް ޖަހާލާކަށްވެސް...ލޮލް