ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 04:58
ޖުމެއިރާގެ އައިސް ރިންކްގެ ޕްރޮމޯޝަނަލް ފޮޓޯއެއް
ޖުމެއިރާގެ އައިސް ރިންކްގެ ޕްރޮމޯޝަނަލް ފޮޓޯއެއް
ރަޝިޔާ ޓްރެވަލް ނިއުސް
ޓޫރިޒަމް
ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!
މިއީ މިއަހަރުގެ ޕީކް ސީޒަނަށް އެރިޒޯޓުން ތަޢާރަފުކުރި އައު ކަމެއް

ރާއްޖޭގައި ހެދި ފުރަތަމަ އައިސް ރިންކް، ޖުމެއިރާ ވިޓަވެލީގައި ހަދައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ދިމާކޮށް ޖުމެއިރާގައި ހުޅުވި މި އައިސް ރިންކާއި ބެހޭ ގޮތުން ބޭރުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އެރިޒޯޓުގެ ޖެނެރަލް މެނޭޖަރ އަމިތު މަޖުމްދަރު ބުނީ ޖުމެއިރާއިން އަބަދުވެސް ބަލަނީ އެތަނަށް އަންނަ މެހުމާނުންނަށް 'ސަޕްރައިޒް'އެއް ދިނުމަށްކަމަށެވެ. އަދި އެރިޒޯޓަށް ތަކުރާރުކޮށް އަންނަ ފަތުރުވެރިން  އެންމެ ބޮޑަށް ބަލައިގަންނަ އެއް ކަމަކީ އެއީކަމަށްވެސް އޭނާ ބުންޏެވެ.

ޖުމެއިރާ ވިޓަވެލިން މިއަހަރުގެ ޕީކް ސީޒަނާއި ދިމާކޮށް ކޮޓަރިތަކަށާއި ރެސްޓޯރަންޓްތަކަށް ބަދަލު ގެންނާނެކަމަށް އެރިޒޯޓުން ބުނެއެވެ.

ވިޓަވެލީގައި ހަދާފައިވާ އައިސް ރިންކް ހަދާފައިވަނީ އާޓިފިޝަލް އައިސް ޕްލޭޓް ހަދާ ކުންފުންޏެއްކަމަށްވާ ގްލައިސްއިންނެވެ. ގްލައިސް އަކީ ކޮންމެ ކަހަލަ މާހައުލެއްގައިވެސް ފިނި މޫސުން ތަޖުރިބާކުރެވޭނެ ގޮތް ހަދައިދޭ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
20%
80%
ކޮމެންޓް
23 ނޮވެންބަރ 2017 | ބުރާސްފަތި 16:53
ice skating
Can we have some tropical beach in Europe as well from the Maldives!?