ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 16:54
އަހުމަދު ސާލިމް ސައީދު
އަހުމަދު ސާލިމް ސައީދު
ރައީސް އޮފީސް ޓްވިޓާ
ރައީސް އޮފީސް
އަނެއްކާ ވެސް އިކޮނޮމިކް މިނިސްޓްރީއަށް ސިޔާސީ ބޭފުޅަކު ހަމަޖައްސަވައިފި
ޑެޕިއުޓީ މިނިސްޓަރަކާ އެއް ފެންވަރެއްގެ މަޤާމެއް

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.
އެ މަޤާމަށް އައްޔަނު ކުރެއްވީ، ޏ. ފުވައްމުލައް، ދަޑިމަގު, ފުއްޓަރު އަހްމަދު ސާލިމް ސައީދު އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް އަހުމަދު ސާލިމް ސައީދު އައްޔަން ކުރެއްވީ މިމަހުގެ 21 ވީ އަންގާރަ ދުވަހުއެވެ.

ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު، ރައީސް ޔާމީން އުފެއްދެވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ޑެޕިއުޓީ މިނިސްޓަރަކާ އެއް ފެންވަރެއްގެ އެ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ޕޮލިސީ ލެވެލްގެ މަސައްކަތްތައް ކުރައްވާ ބޭފުޅުންނެވެ.

އިކޮނޮމިކް މިނިސްޓްރީއަށް އަނެއްކާ ވެސް ސިޔާސީ ބޭފުޅަކު އައްޔަން ކުރެއްވިއިރު މިސަރުކާރުގެ ސިޔާސީ މަޤާމްތައް އިތުރުވެ އިންތިހާއަށް މަތި ބަރުވެފައިވާ ކަމުގެ ފާޑު ކިއުންތައް ސަރުކާރަށް ދަނީ އަމާޒު ކުރަމުންނެވެ. އޭގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކޮށް ކޯޑިނޭޓަރުން ތިބޭ ކަމުގެ ފާޑިޔުންތައް ވަނީ އަމާޒުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް