ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 14:48
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު ޓްވީޓް
އަންނަ އަހަރު މިނިސްޓްރީތަކުން ޚަރަދު ކުރާނީ ޤާނޫނާއި ޚިލާފަށް: ރައީސް ނަޝީދު
ޤާނޫނުގައި ބުނާ މިންވަރަށް ބަޖެޓަށް ވޯޓު ނުލިބޭ
ބަޖެޓަށް ވޯޓު ދިނީ މަޖިލީހުގެ 46 އިންސައްތަ މެމްބަރުން
ބަޖެޓަށް ވޯޓު ނެގުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި، އަމުރެއް ނުނެރުނު

އަންނަ އަހަރު ސަރުކާރުގެ ވުޒާރާތަކުން ޚަރަދު ކުރާނީ ޤާނޫނާއި ޚިލާފަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ފާސްކުރީ ޤާނޫނުގައި ބުނާ މިންވަރަށް ވޯޓު ނުލިބި ކަމަށެވެ. ބަޖެޓް ފާސްކުރުމަށް މަޖިލީހުގައި ބުދަ ދުވަހު ވޯޓު ނެގި އިރު މަޖިލީހުގައި 40 މެމްބަރުން ތިއްބެވިއެވެ. އަދި ބަޖެޓަށް ވޯޓު ދެއްވާފައިވަނީ 39 މެމްބަރުންނެވެ.

މަޖިލީހުން ބަޖެޓް ފާސްކުރިއިރު، ބަޖެޓު ފާސް ކުރަންޖެހޭނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ 'ށ' ގެ ދަށުން ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ 'ށ' ގައިވާ ގޮތުގައި، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ. ބުދަ ދުވަހު ބަޖެޓް ފާސްކުރިއިރު، ބަޖެޓަށް ވޯޓު ދީފައިވަނީ މަޖިލީހުގެ އެންމެ 46 އިންސައްތަ މެމްބަރުންނެވެ.

އަންނަ އަހަރު ސަރުކާރުން ކުރާ ޚަރަދުތައް ޤާނޫނާއި ޚިލާފުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓަރ މުނައްވަރު ވަނީ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކަށް ޕްރޮޖެކްޓް ހިންގަން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
22 ނޮވެންބަރ 2017 | ބުދަ 21:07
haulage dhulun
gaanoonu asaaseege 87 vanamaadhdhaa ge mafhoom rayyithunnah olhuvaanulumah govaalan dhebandhihaaraiga vaanuvaaneygidhaane bajet faaskuree gaanoonee hamathakuge mathin