ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 11:32
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޕަމާޓް
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޕަމާޓް
ގޫގުލް
އެސްޓީއޯ
ފަސް ކިލޯގެ ހަނޑޫ ބަސްތާ ކޮންޓްރޯލް ކޮށްގެން ވިއްކަނީ ސްޓޮކް މަދުވެގެނެއް ނޫން: އެސްޓީއޯ
ކާޑުގެ އެއްވެސް ތާށިކަމެއް ނެތް: އެސްޓީއޯ

ފަސް ކިލޯގެ ހަނޑޫ ބަސްތާ ކޮންޓްރޯލްކޮށްގެން ވިއްކަނީ ކާޑުގެ ސްޓޮކަށް އުނިކަމެއް އައިސްގެން ނޫން ކަމަށް އެސްޓީއޯއިން ބުނެފި އެވެ. 

"އެސްޓީއޯ ސްޕަމާޓުން އަބަދު ވެސް ފަސް ކިލޯގެ ހަނޑޫ ބޭގް ވިއްކާނީ މީހަކަށް ބޭގެއް، އެއީ އަލަށް ކުރި ކަމެއް ނޫން" ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް އަމަލުކުރަމުން ދަނީ، ބައެއް ފިހާރަތަކުން ސްޕަމާޓަށް ގޮސް، ގިނަ އަދަދަކަށް ފަސް ކިލޯގެ ބަސްތާ ގެނެގެން ގެންދާތީ ކަމަށެވެ. 

"އަޅުގަނޑުމެން ފަސް ކިލޯގެ ބޭގް ތައާރަފު ކުރީ ވެސް ފަރުދުންނަށް ފަސޭހައަކަށް. އެކަމަކު ބައެއް ފަރާތްތަކުން ސްޕަމާޓަށް ގޮސް ގިނަ އަދަދަކަށް ހަނޑޫ ބޭގް ގަނެލައިގެން ދާންފެށުމުން، ވަކިވަކި ބަސްތާ ގަންނަން ބޭނުންވާ މީހުންނަށް ނުލިބި ރެކް ހުސްކޮށް ހުންނަ ފަހަރު ވެސް އާދޭ،" އޮފިޝަލް ވިދާޅުވި އެވެ.
"އެހެންވެ އެކަން ހުއްޓުމަކަށް ގެންނަން ވެގެން ކޮންމެ މީހަކަށް ބަސްތާއެއް ދޫކުރަނީ." 
ކާޑުގެ އެއްވެސް ތާށިކަމެއް ނެތް ކަމަށާއި މިހާރު ވެސް ގުދަނުން ބޭނުން ވަރަކަށް ހުރިހާ ބާވަތެއްގެ ކާޑު ބަސްތާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ނޮވެންބަރ 2017 | ބުދަ 13:49
މާމޫން
ފިހާރަ ތަކުން 5 ކިލޮގެ ހަނޑޫ ބަސްތާ އެސް ޓީ އޯ އިން ގަނެގެން ގެންގޮސް ވިއްކަން ބަހައްޓާ ކަމަށްވާނަމަ ކައިރި ފިހާރައިން ގަނެލަން މީހުންނަށް ފަސޭހަ ވާނެއެވެ. އެކަމަކު އެސް ޓީ އޯ އިން ގަނެގެން ގެންގޮސް ތަންތަން ހިއްކަން ބޭނުން ކުރަންޏާ އެސް ޓީ އޯ އިން ދެމީހަކަށް ބަސްތާއެއް ވިއްކިއަސް ގޯހެއް ނެތެވެ.