ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 09:42
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޝިދު
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޝިދު
ގޫގުލް
އޭޑީކޭ ނާޝިދު
1.5 މިލިއަން ޑޮލަރު ހޯދަން ސިންގަޕޫރު ކުންފުނިން އޭޑީކޭ ނާޝިދުއާ ދެކޮޅަށް ރާއްޖޭގައި ދައުވާކޮށްފި
ފޯމެންޓޯއިން ނެގި ލޯނު އަނބުރާ ދެއްކުމަށް ސިންގަޕޫރު ކޯޓުން ވަނީ ހުކުމް ކޮށްފަ
ދަރަންޏާއި އެއްވަރުގެ މުދަލެއް ނާޝިދުގެ މިލްކިއްޔާތުގައި ހުރި ނަމަ ނަގައިދޭން އެދި ސިންގަޕޫރު ހައިކޯޓުގައި މައްސަލައެއް
ލޯނަށް ނާޝިދު ޕާސަނަލް ގެރެންޓީއެއް ދެއްވި، ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާކުރި

އޭޑީކޭ ކޮމްޕެނީ އިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ނުދައްކައިގެން ސިންގަޕޫރުގެ ފޯމެންޓޯ އެސޯސިއޭޓެޑް ކޮމްޕެނީއިން އޭޑީކޭއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

މި މައްސަލައަކީ ސިންގަޕޫރުގެ އިންވެސްޓްމެންޓް ކުންފުނި، ފޯމެންޓޯ އެސޯސިއޭޓެޑް ސިންގަޕޫރު ހޯލްޑިންސް ކުންފުނީގެ އަތުން އޭޑީކޭ ޓްރެވަލްސް އިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލައެވެ. 2011 ވަނަ އަހަރު އޭޑީކޭ ޓްރެވަލްސްއިން ނެގި އެ ލޯނަށް، އޭޑީކޭ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދު ވަނީ ޕާސަނަލް ގެރެންޓީ ދެއްވާފައެވެ.

ފައިސާ އަނބުރާ ހޯދުމަށް ފޯމެންޓޯ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރިއިރު، މި ލޯނުގެ މައްސަލައިގައި ފޯމެންޓޯ ކުންފުނިން، ނާޝިދު އާއި އޭޑީކޭ ޓްރެވަލްސް އަދި އޭޑީކޭ ކޮމްޕެނީއާ ދެކޮޅަށް ސިންގަޕޫރުގެ ކޯޓެއްގައި ދައުވާ ކުރުމުން، ފައިސާ އަނބުރާ ދެއްކުމަށް 2014 ވަނަ އަހަރު ސިންގަޕޫރުގެ އެކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން ފޯމެންޓޯ ކުންފުނިން ސިންގަޕޫރުގެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ދަރަނީގެ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ނެގޭނެ ހަރު މުދަލެއް ނާޝިދުގެ މިލްކިއްޔާތުގައި ހުރިތޯ ބަލައި، އެފަދަ މުދަލެއް ހުރިނަމަ އެ މުދަލެއް ނަގައި ދިނުމަށް އެދި ފޯމެންޓޯ ކުންފުނިން ހުށަހެޅި މައްސަލައިގެ ޝަރީއަތް މިހާރުވެސް ސިންގަޕޫރުގެ ހައިކޯޓުގައި ދަނީ ކުރިއަށެވެ. އެ ޝަރީއަތަށް ސިންގަޕޫރުގެ ކޯޓަށް ހާޒިރުވާން ކުރި އަމުރަކާ ޚިލާފުވި ކަމަށް ބުނެ މިމަހުގެ ތެރޭގައި ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

ފޯމެންޓޯ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ، ނާޝިދުއާއި، އޭޑީކޭ ކޮމްޕެނީގެ އިތުރުން އޭޑީކޭ ޓްރެވަލްސްއާ ދެކޮޅަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ބޭއްވުމަށް ސިވިލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.

ފޯމެންޓޯ ކުންފުނީގެ އަތުން އޭޑީކޭއިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކުމުގެ ސަބަބުން، ފާއިތުވީ ހަ އަހަރު ދުވަހުގެ ތެރޭގައި އިތުރުވި އިންޓްރެސްޓާއެކު މިހާރު ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ ދެ މިލިއަން ޑޮލަރަށް ވުރެ އިތުރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް