ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 04:54
ރާއްޖޭގެ ކަނޑުގެ ސަރައްދުން ފެނުނު މަސް ބޯޓުތައް:-
ރާއްޖޭގެ ކަނޑުގެ ސަރައްދުން ފެނުނު މަސް ބޯޓުތައް:-
މުރުޝިދް އަބްދުލް ހަކީީމް
އެމްއެންޑީއެފް
މަސްބޯޓްތައް ރާއްޖެ ސަރަހައްދަށް ވަނީ ހުއްދަ އޮވެގެން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
މަސްބޯޓުތައް ދަތުރުކުރީ ހުއްދަ ލިބިގެން ކަމަށް އެމްއެންޑީއެފް އިން ބުނޭ
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ފަދަ ހުއްދައެއް ދޫކޮށްފައިނުވާ ކަމަށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އާދިއްތަ ދުވަހު ފެނުނު ލަންކާގެ މަސްބޯޓުތަކަކީ ހުއްދަ ލިބިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ބޯޓުތަކެއް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވާ ވާހަކަ ފިޝަރީޒް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ބައެއް މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ގޮތުން ރާއްޖޭގެ ސަރައްދުން ފެނުނު ފަސް މަސްބޯޓަކީ އެ މިނިސްޓްރީން އެއްވެސް ހުއްދައެއް ދޫކޮށްގެން ވަދެފައިވާ ބޯޓުތަކެއް ނޫން ކަމަށެވެ. އެ ބޯޓުތަކަކީ ރަސްމީ ފަރާތަކުން ހުއްދަ ނަގައިގެން ދަތުރުކުރި ބޯޓުތަކެއް ކަން އެނގިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނާ ވާހަކަ އޭނާ ދޮގުކުރެ އެވެ.

 ގއ. ކޮލަމާފުށީގެ ހުޅަނގު އުތުރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް ރާއްޖޭގެ މަސްވެރިންނަށް ފެނުނު މި ބޯޓްތައް ބަލާ ފާސްކުރުމަށްފަހު ދޫކޮށްލީ ހޮނިހިރު ދުވަހުގެ 17:10 ހާއިރެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އެއީ ސްރީ ލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން އެނގިފައިވާ ކަމަށެވެ. މި ބޯޓްތަކުގައި މަސްވެރިކަން ކުރާ އާލާތްތައް ހުރި ނަމަވެސް، އެ އާލާތްތައް ބޭނުންކޮށްފައިނުވާކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދުން ބޭރުގެ މަސް ބޯޓުތައް ފެނުމަކީ މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މަސްވެރިން ބުނާގޮތުގައި ބޭރުގެ ބޮޑެތި މަސް ބޯޓުތައ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ހުއްދަ ނެތި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް