އެމްއެންޑީއެފް އިން ކުރިއަށްގެންދާ "ރަންނަމާރި ހަންޓް" އަސްކަރީ ތަމްރީނު ހަރަކާތުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހަރަކާތް ކުރިއަށްގެންދާނީ އެމްއެންޑީއެފްގެ ހުރިހާ އޭރިއާއެއްގައި ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ނޮދަން އޭރިޔާއިން އެ ތަމްރީންތައް ކުރިއަށް ގެންދާނީ ޅ. މާފިލާފުއްޓާއި ޅ. ފެލިވަރުގަ އެވެ. ސެންޓްރަލް އޭރިޔާއިން ލ. ގަމާއި ލ. ކައްދޫ އަދި ލ. ފޮނަދޫގެ އިތުރުން ތ. ތިމަރަފުށީގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސަދަން އޭރިޔާގައި ތަމްރީންތައް އޮންނާނީ އައްޑޫ ސިޓީގެ ގަމާއި ހިތަދޫގައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އެކްސަސައިޒް ރަންނަމާރި، ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 އިން 24 އަށް، މާލޭ ސަރަހައްދުގައެވެ. މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ވެސް މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.