ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 19:22
ކުނޫޒް ބަޖެޓް ބަހުސްގައި މެންބަރުން ވާހަކަދައްކަވަނީ
ކުނޫޒް ބަޖެޓް ބަހުސްގައި މެންބަރުން ވާހަކަދައްކަވަނީ
ޓްވިޓަރ
ކުނޫޒް ބަޖެޓް ބަހުސް
ބަޖެޓަކީ ދެމެހެއްޓެވިނި ތަރައްގީއަށް ވިސްނައިގެން އެކުލަވާލާފައިވާ ބަޖެޓެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ތަރައްގީގެ ނަމުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ތިމާވެއްޓަށް ސަމާލުކަމެއް ނުދޭ
މަޝްރޫއުތައް ހިންގަނީ ވަގުތީ މަންފާތައް ހާސިލު ކުރުމަށް
ބަޖެޓްގައި ގާތްގަނޑަކަށް 500 ޕްރޮޖެކްޓް ޖަހާފައިވާ އިރު 422 މަޝްރޫޢަކީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއުތައް

ރަށްރަށުގެ ރައްޔިތުންނަށް ތަރައްގީއަށް މަސައްކަތެއް ކޮށްނުދޭތާ މިއަދު މިފެނިގެންދަނީ ތަރައްގީ ކުރުމުގެ ނަމުގައި މާލޭ ސަރަހައްދުގެ ތިމާވެށި އެއްކޮށް ހަލާކުކޮށްލާ މަންޒަރު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްގައި ބޭއްވި ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އަލިފުށި ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ތަރައްގީގެ ނަމުގައި ހިންގާ ކަންކަމުގައި އެއްވެސް ވަހަކަށް ރާއްޖޭގެ ތިމާވެއްޓަށް ވިސްނަމުން ނުދާ ކަމަށާއި ރާއްޖޭގެ ތާރީހާ ގުޅޭ ތަންތަން ވެސް ނެތިކޮށްލަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. މިއީ އެއްވެސް ވަރަކަށް ދެމެހެއްޓެނިވި ތަރައްގީއަށް ވިސްނައިގެން ކުރަމުންގެންދާ ކަންތައްތަކެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަގަޅަށް މިފަދަ ކަންކަމާ މެދު ވިސްނަން. ކުރިއަށް އޮތް ޖީލުތަކަށް މިގައުމު ސަލާމަތްކަމާ އެކު ފޯރުކޮށްދިނުމަށް އެހެން ގޮތަކަށް ކަންކަން ބަދަލުކުރަން މިއަދު އެބަޖެހޭ. ރައީސް އަބްދުﷲ ޔާމީންގެ އަމަލުތައް ފެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ ފައިދާއަށް ވިސްނާ، އަމިއްލަ ޖީބަށް ބަރު ކުރުމަށް މަސައްކަތް ކުރައްވަމުންދާތަން،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމު (ރުކުމާ) ވިދާޅުވީ، 2018 ގެ އިންތިހާބަށް ކެމްޕެއިން ފެށުމަށްޓަކައި ކުރާ މަސައްކަތް ބަޖެޓުން ފެންނަމުންދާ ކަމަށާއި މިއީ އެއްވެސް ހާލެއްގައި ކޮށްދޭނެ ކަން ޔަގީންވެގެން ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތަކެއް ނޫން ކަމަށެވެ. ރުކުމާ ވިދާޅުވީ، ބަޖެޓުގައި ގާތްގަނޑަކަށް 500 ޕްރޮޖެކްޓް ޖަހާފައިވާ އިރު 422 މަޝްރޫއު އަކީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއުތައް ކަމަށެވެ. ފަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ތެެރެއިން ކަނޑައަޅާފައިވާ މަޝްރޫއުތަކުން ވެސް އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ، ބޭރުގެ ފަރާތްތަކަށް ކަމަށާއި ރާއްޖޭގެ ކުންފުނިތަކަށް މާބޮޑު ފައިދާއެއް އެ މަޝްރޫއުތަކުން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ވެސް 2019 ވަނަ އަހަރުގެ ބަޖެޓުގައި ނެރުފައި ކައްޓެއް ހިންގަމުންދާ ކަމަށް ހިމާނާތަން ފެންނާނީ. މިއީ އެއްވެސް ގޮތަކަށް ދެކޮޅު ޖެހޭ ބަޖެޓެއް ނޫން. ބަޖެޓް އަޅުގަނޑު ސިފަ ކުރަނީ، ރައީސް ޔާމީން ބަލި ގަބޫލުނުކޮށް ހަތިޔާރު ބެހެއްޓެވި ބަޖެޓުގެ ގޮތުގައި،" ރުކުމާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް