ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 18:51
ބަޖެޓް ކޮމިޓީ
ބަޖެޓް ކޮމިޓީ
މުހައްމަދު ޝަރުހާން
ބަޖެޓް 2018
ބަޖެޓް ފާސްކުރުން މާދަމާ!
މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ވެސް ބަޖެޓް ކޮމެޓީގެ ރިޕޯޓް ހުށައެޅުމާއި ވޯޓަށް އެހުން އެކަނި
އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުމަށް ބުދަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ވެސް ބަޖެޓް ކޮމެޓީގެ ރިޕޯޓް ހުށައެޅުމާއި ވޯޓަށް އެހުން އެކަންޏެވެ.

ބަޖެޓްގެ އަދަދަށް ބަދަލެއް ނުގެނެސް ސަރުކާރުން ހުށައެޅި ގޮތަށް ބަޖެޓް ފާސްކުރުމަށް ބަޖެޓް ކޮމެޓީން ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ. ޕީޕީއެމް އާއި އެމްޑީއޭއަށް ނިސްބަތްވާ މެންބަރުންގެ ވޯޓާއެކު ކޮމިޓީން ބަޖެޓް ފާސްކުރީ ރެކޮމަންޑޭޝަންތަކަކާ އެކުއެވެ. ޕާޓީތަކުގެ މެމްބަރުން ވަނީ ކޮމެޓީ ބޮއިކޮޓް ކޮށްފައެވެ.

މިއީ ރާއްޖޭގެ ތާރީޚްގައި ވެސް ސަރުކާރަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް