ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 13:11
ކުރީގެ ރައީސް މައުމޫންގެ ހަތަރު ބޭފުޅުން
ކުރީގެ ރައީސް މައުމޫންގެ ހަތަރު ބޭފުޅުން
މުހައްމަދު ފަޒީން
ކުރީގެ ރައީސް މައުމޫން
ކާނަލް ނާޒިމްގެ އާއިލީ ކުންފުންޏަށް ދެ މިލިއަން ރުފިޔާ ދައްކަން ރައީސް މައުމޫންގެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފި
އެފައިސާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމުގައި ބުނެފައިވޭ
ރައީސް މައުމޫންގެ ހަތަރު ބޭފުޅުންވެސް ވަނީ އެދައުވާއަށް އިންކާރު ކުރައްވާފައި
އެ ހަތަރު ބޭފުޅުންވެސް ވިދާޅުވެފައިވަނީ އިމާރާތުގެ ފެންވަރު ދަށްކަމަށް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށް 2.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ހޯމަ ދުވަހު ކޮށްފައިވާ އެހުކުމުގައިވާ ފައިސާ، އާރުސީސީ ކުންފުންޏަށް ދެއްކުމަށް ހުކުމް ކޮށްފައިވަނީ ރައީސް މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި، ޣައްސާން މައުމޫނާއި، ޔުމްނާ މައުމޫންގެ އިތުރުން ދުންޔާ މައުމޫންގެ މައްޗަށެވެ. 

އާރުސީސީން ކުރި އެދައުވާ އެ ހަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައި ވަނީ އެ ބޭފުޅުންގެ ނަމުގައި ޗާންދަނީ މަގުގައި އޮތް ބިމެއްގައި ހަތް ބުރީގެ އިމާރާތެއް އެޅުމަށްފަހު އެ އިމާރާތަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ ކަމަށް ބުނެ އެ ފައިސާ ހޯދުމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވަނީ އެއީ ރައީސް މައުމޫންގެ ހަތަރު ބޭފުޅުން ދައްކަން ޖެހޭ ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ކޯޓަށް ދެއްކުމަށް ވެސް އެހުކުމުގައި ވެއެވެ. 

ރައީސް މައުމޫންގެ ހަތަރު ބޭފުޅުން ވެސް ވަނީ އެދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ އާރުސީސީން އެ އިމާރާތުގެ މަސައްކަތް ނިންމާ ހަވާލުކުރި އިރު މަސައްކަތް ކޮށްފައި ހުރީ އެއްބަސްވުމާ ހިލާފަށް ފެންވަރު ދަށްކޮށް ކަމަށާ އެކަމުގެ ސަބަބުން އިމާރާތުގައި ބޮޑެތި މަރާމާތުތަކެއް ކުރަންޖެހުނު ކަމަށެވެ. މަރާމާތުގެ މަސައްކަތަށް އެކަނި ވެސް 2.1 މިލިއަން ރުފިޔާ އެބޭފުޅުން ހަރަދުކުރަން ޖެހުނު ކަމަށްވެސް ވިދާޅުވެފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް