ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 11:01
ހައްޖު އަޅުކަމަށް ފުރާ ބަޔަކު
ހައްޖު އަޅުކަމަށް ފުރާ ބަޔަކު
ގޫގުލް
އަމްރާ ދަތުރު
ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި
ވީއައިޕީ އުމްރާ އަކީ އަލަށް ތަޢާރަފް ކުރާ އުމްރާ ޕެކޭޖެއް

ހައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބާއްވާ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެ ކޯޕްރޭޝަނުން ހުޅުވާލައިފިއެވެ. 

ހައްޖު ކޯޕްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖެނުއަރީ މަހުގެ އުމްރާ އާއި މާޗް މަހުގެ އުމްރާ އަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކެވުމުގެ އެންމެ ފަހު ތާރީޚަކީ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލެވެ.

ޖަނަވަރީ މަހު ބާއްވާ 15 ދުވަހުގެ އުމްރާ ދަތުރުގެ އަގަކީ 21,965 ރުފިޔާ އެވެ. 

މި އުމްރާ ދަތުރަށް  ހަތަރު ބޭފުޅުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރައްވާނަމަ ވަރަށް ޚާއްޞަ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ. ހަތަރު ބޭފުޅުންގެ ގުރޫޕެއްނަމަ ކޮންމެ ބޭފުޅަކަށް 1,000ރުފިޔާގެ ޑިސްކައުންޓެއް ؛ލިބޭއިރު، 10 ބޭފުޅުންގެ ގުރޫޕެއް ނަމަ ޢުމްރާ އަގުގެ 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ވަރަށް ޚާއްޞަ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޢުމްރާ ކިޓް ބޭނުންނުވާކަމުގައިވާ ނަމަ 1000 ރުފިޔާގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ.

ވީއައިޕީ ޢުމްރާ

ހައްޖު ކޯޕްރޭޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވީއައިޕީގެ އުމްރާގެ އަގަކީ 41,965 ރުފިޔާ އެވެ. މި މާޗް މަހު ބާއްވާ މި އުމްރާއަށް ޖަނަވަރީ މަސް ނިމުމުގެ ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ. 

ހައްޖު ކޯޕްރޭޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ކުރެއްވުމަށް އެދި ހުށަހަޅާ ފޯރމް ފުރުއްވުމަށްފަހު  ހައްޖު ކޯޕަރޭޝަންގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކުން ރަޖިސްޓްރީ ކުރެއްވޭނެއެވެ. ހައްޖު ކޯޕަރޭޝަންގެ "ފަހެލި" އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވާ ފައިސާ ދެއްކެވޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.  ފޯމާ އެކު މަދުވެގެން 5000 ރުފިޔާ ދެއްކެވުމުން ޢުމްރާއަށް ރަޖިސްޓްރީ ކުރެއްވޭނެއެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް