ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 10:08
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު، މޫސާ އަލީ ޖަލީލާއި އިބްރާހިމް މުހައްމަދު ދީދީއާއެކު
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު، މޫސާ އަލީ ޖަލީލާއި އިބްރާހިމް މުހައްމަދު ދީދީއާއެކު
ރާއްޖެއެމްވީ
ތޮޮލްހަތު އިބްރާހިމްކަލޭފާނު
ތޮލްހަތު 10 އަހަރަށް ޖަލަށް ލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
ތޮލްހަތު 10 އަހަރަށް ޖަލަށްލާން ހުކުމް ކުރީ 2015 އޭޕްރީލްގައި
ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް
ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލަ

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްކަލޭފާނު 10 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް އެ ހުކުމް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމުގެ ދައުވާ ސާބިތުވުމުންނެވެ.

ތޮލްހަތުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސް ނަޝީދު ނިންމެވުމުން، ތޮލްހަތު އެކަން ރާވައި ހިންގާފައިވާކަން އޭނާ ޝަރީއަތުގައި ދެއްކެވި ވާހަކަތަކާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ތޮލްހަތުގެ ފަރާތުން އިސްތިއުނާފުކުރިއިރު، އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން އަންގާރަ ދުވަހު ވަނީ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާފަ އެވެ.

ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގައި ހުންނަވައިގެންނެވެ. 

އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައިވެއެވެ. މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން އެއިރުގެ ސިފައިންގެ މާލޭ އޭރިއާ ކޮމާންޑަރު، މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

އެއިރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުއާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލި އެވެ. އެހެން ނަމަވެސް، އެ ދެބޭފުޅުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ނޮވެންބަރ 2017 | އަންގާރަ 10:53
މަރިޔަން
ގުދުރަތުގެ ގާނޫނު.....އެހެން ހުރިހާ އެއްޗަކަށްވުރެ، ކަމަކަށް ވުރެ މާމޮޅު