ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 10:46
ކުރިން ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު
ކުރިން ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު
ރައީސް އޮފީސް
ދިޔާނާ ސައީދު
ގައުމު ދޫކޮށް އަރުވާލެވިގެން މިތިބީ ގައުމުގައި އަނިޔާވެރިކަން ބޮޑުވެގެން:ދިޔާނާ ސައީދު
ދިޔާނާއަކީ ކުރިން ބަންޑާރަ ނައިބު ކަމާއި ޝާކްގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލެއް
ފިރިކަލުން ޖާބިރުގެ ޕާސްޕޯޓް ވަނީ ސަރުކާރުން ކެންސަލް ކޮށްފަ
އިދިކޮޅު ގިނަ ބަޔަކު ވަނީ ރާއްޖެ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައި

ދިވެހިރާއްޖެ ދޫކޮށް އެހެން ގައުމެއްގައި އަރުވާލެވިގެން ހުންނަން ޖެހިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނިޔާ ބޮޑު ވެގެންކަމަށް ކުރީގެ ބަންޑާރަ ނައިބު މަޝްހޫރު ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މުޝްރިކުންގެ އަނިޔާގެ ސަބަބުން ކީރިތި ރަސޫލާ (ޞޢވ)ގެ އުމުރުފުޅުން 53 އަހަރުގައި އުފަން ބިން ކަމަށްވާ މައްކާ ދޫކުރައްވާ ޔަޘްރިބްއަށް ހިޖުރަ ކުރެއްވި ކަމަށެވެ. އުފަން ބިމުގައި އަނިޔާ ބޮޑުވެއްޖެނަމަ އެހެން ބިމަކުން ހިމާޔަތް ހޯދަންޖެހޭ ކަމަށް ދިޔާނާ ވިދާޅު ވިއެވެ. އަދި އަރުވާލެވިގެން ތިބީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާ ބޮޑުވެގެން ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ. 

 

 

ދިޔާނާ އެގޮތަށް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހި ކަމުގެ މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުން ރައީސް ޔާމީން ވިދާޅުވި ބަސްފުޅަކާ ގުޅިގެންނެވެ. 

އެޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ އަބަދު ވެރިކަމުގައި ހުންނަވާނެ މީހެއް ނޫން ކަމަށާއި ވިސްނުމާއި ފިކުރަށް އަންނަ ބަދަލެއްގެ ސަބަބުން ގައުމު ދޫކޮށްދާނެ މީހެއްވެސް ނޫން ކަމަށެވެ. އަދި ޚިދުމަތް ކުރަންވީ ގައުމުގައި ހުރެގެން ކަމަށާއި ވިސްނުމާއި ފިކުރަށް އަންނަ ބަދަލެއްގެ ސަބަބުން ދުވަހަކުވެސް ގައުމުން ބޭރަށް އަރުވާލެވިގެން ނުހުންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އަބަދުވެސް ހިދުމަތް ކުރައްވާނީ ގައުމުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ދިޔާނާގެ ފިރިކަލުން މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހުންނެވީ ގައުމުން ބޭރުގައި އަރުވާލެވިގެންނެވެ. ޖާބިރުގެ ޕާސްޕޯޓްވެސް ސަރުކާރުން ވަނީ ކެންސަލް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ނޮވެންބަރ 2017 | ބުދަ 15:14
ހަސނަު
ކޮންމެ ހެޔޮ ވިސްނޭ ދިވެހި ރައްޔިތަކު ބޭނުން ވާނީ މިތަން ދިވެހި ގައުމު ދޫކޮސް ދާން މީ އުޅެއް އުނދަގޫ ވަކިބައެއްގެ ތަނެއް އެވަގުތެއްގަ ސަރުކާރުގައި ތިބޭބައެއްގެ ތަނެއް މީ