ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 15:24
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް
ރާއްޖެއެމްވީ
ތޮއްޔިބު ޝަހީމް
ތޮއްޔިބަށް "ދޮގު" މައުލޫމާތު ދެނީ ކޮން ބައެއްތޯ ހޯދުމަށް ފުލުހުން އޭނާގެ ފޯނު ހިފަހައްޓައިފި
އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތު
މީގެ ކުރިން ދޮގު ވާހަކަ ފަތުރާ ކަމަށް ބުނެ ތޮއްޔިބު ހައްޔަރު ވެސް ކުރި
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ޟަމީރު ގައިދީއެއް ކަމަށް ކަނޑައަޅާފައި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމަށް "ދޮގު" މައުލޫމާތު ދެނީ ކޮންބައެއްތޯ ހޯދުމަށް ކަމަށް ބުނެ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހޯމަ ދުވަހު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދާ ތޮއްޔިބުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފް ނެރުއްވި އަމުރުގައިވާ ގޮތުގައި، ތޮއްޔިބުގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ، ރައީސް އަބްދުﷲ ޔާމީނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފަށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންދިއުމެވެ.

ކޯޓު އަމުރުގެ ތަފްސީލުގައި ބަޔާންކޮށްފައި ވަނީ "...ހަގީގަތާ ޚިލާފަށް ސޯޝަލް މީޑިއާގައި ލިޔެ ޕޯސްޓް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި މީނާއަށް މި މައުލޫމާތު ފޯރުކޮށްދޭ މީހުން ހޯދައި ދެނެގަތުން،" ކަމަށެވެ.

ތޮއްޔިބުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމެވެ. މި އަމުރުގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު ބޭއްވުމުގެ ހުއްދަ ލިބެ އެވެ.

ތޮއްޔިނުގެ ފޯނު ހިފަހެއްޓިއިރު، މިއަހަރުގެ މާޗު މަހުގެ ތެރޭގައި އޭނާ މަހެއްހާ ދުވަސް ވަންދެން ހައްޔަރުކޮށްފައި ވެސް ވެއެވެ. އޭނާ ހައްޔަރުކުރީ އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޓްވީޓް ކުރި ކަމަށް ބުނެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ތޮއްޔިބަކީ ޟަމީރުގެ ގައިދީއެއް ކަމަށް ކަނޑައަޅާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް