ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 11:37
ވިދިޔާ ބާލަން.
ވިދިޔާ ބާލަން.
އިންޑިއަން އެކްސްޕްރެސް
ވިދިޔާ ބާލަން
ވިދިޔާ ބާލަންގެ އައު ފިލްމް "ތުމާރީ ސުލޫ" އަށް ބޮކްސް އޮފީހުގައި ދަނީ ރަނގަޅު ކާމިޔާބީއެއް ލިބެމުން
މި ފިލްމަށް ހޭދަކޮށްފައިވަނީ 17 ކްރޯޑް ރުޕީޒް
މި ފިލްމަކީ ވިދިޔާގެ އެކްޓިން އެންމެ މޮޅަށް ފެނިގެންދާނެ ފިލްމު ކަމަށް ގިނަބަޔަކު ގަބޫލު ކުރޭ

ވިދިޔާ ބާލަންއާއި މާނަވް ކައުލް ތަރިންގެ ގޮތުގައި ފެނިގެންދާ " ތުމާރީ "ސުލޫ" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. 

މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރި ވިދިޔާގެ "ތުމާރީ ސުލޫ" ރިލީޒް ކުރިތާ ތިން ދުވަސް ވެފައިވާއިރު ފިލްމަށް 7.48 ކްރޯޑް ރުޕީޒް ވަނީ ލިބިފައެވެ. އަދި މިއީ ފިލްމް ރިލީޒް ކުރި ދުވަހު ލިބުނު އާންމުދަނީއާ އަޅާބަލާއިރު 60 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ފިލްމް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 

މި ފިލްމަކީ ޓާގެޓެޑް އޯޑިއެންސް ނުވަތަ ވަކި ވައްތަރެއްގެ އޯޑިއެންސަށް ކަމުދާ ގޮތަށް ހަދާފައިވާ ފިލްމެއް ކަމުން ފިލްމު ހަދާފައިވަނީ ކުޑަ ބަޖެޓަކުންނެވެ. އެގޮތުން އެންމެ 17 ކްރޯޑް ރުޕީޒް ޚަރަދުކޮށްގެން ހަދާފައިވާ މި ފިލްމު ރިލިޒް ނުކުރަނީސް މި ފިލްމަށް ވަނީ ޖުލްލަ 22 ކްރޯޑް ރުޕީޒް ލިބިފައެވެ. މީގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ހިމެނޭ 5 ކްރޯޑް ރުޕީޒް ވެސް ހިމެނެއެވެ. 

މި ފިލްމަށް ފައިދާ ވެފައިވާ ދާއިރާތަކަށް ބަލާއިރު، ތިއެޓްރިކަލް ރައިޓްސް ވިއްކައިގެން މި ފިލްމަށް ވަނީ 13 ކްރޯޑް ރުޕީޒް ލިބިފައެވެ. އަދި އޮވަރސީޒް ރައިޓްސްގެ ގޮތުގައި 2 ކްރޯޑް އަދި ސެޓްލައިޓް ރައިޓްސްގެ ގޮތުގައި 5 ކްރޯޑް ލިބިފައިވާއިރު، ޕްރޮޑަކްޓް ޕްލޭސްމަންޓާއި އެހެނިހެން ގޮތްގޮތުން މި ފިލްމަށް އިތުރު 2 ކްރޯޑް ރުޕީޒްގެ އާމްދަނީއެއް ލިބިފައިވެއެވެ. 

މި ފިލްމުގައި ދައްކައިދެނީ އަންހެން ރޭޑިއޯ ޖޮކީއެއްގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމު ވެގެންދާނީ މިހާތަނަށް ވިދްޔާގެ އެންމެ މޮޅު އެކްޓިންގއެއް ފެނިގެންދާ އެއް ފިލްމަށެވެ.

- ކޮމެންޓް