ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 10:54
ޓެއިލާ ސްވިފްޓް
ޓެއިލާ ސްވިފްޓް
ގެޓީ އިމޭޖަސް
ޓެއިލާ ސްވިފްޓްް
އަހަރުގެ އެންމެ ގަދަ އަލްބަމަކަށް ރެޕިއުޓޭޝަން
އަލްބަމް ރިލީޒް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު
އަލްބަމް ނެރުނުތާ ހަފްތާއެއް ވެފައިވާއިރު 1.29 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވޭ

މިއަހަރުގެ އެންމެ ގަދަ އަލްބަމަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓުގެ "ރެޕިއުޓޭޝަން" ހޮވިއްޖެއެވެ.

"ރެޕިއުޓޭޝަން"އަށް އަލްބަމް ނެރުނުތާ ހަފްތާއެއް ވެފައިވާއިރު 1.29 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައެވެ. ޓެއިލާ ވެފައިވަނީ އޭނާގެ 4 އަލްބަމް ނެރުނުތާ ހަފްތާ ތެރޭގައި އެއް މިލިއަން ޑޮލަރު ލިބުމުގެ ރެކޯޑް ވެސް ލިބުނު ހަމައެކަނި ލަވަކިޔުންތެރިޔާ އަށެވެ. ލަވަކިޔުންތެރިޔާ އަޑެލްއަށް މި ރެކޯޑް މުގުރާލެވިފައިވަނީ އެންމެ ފަހަރަކުއެވެ. އަދި ބެކް ސްޓްރީޓް ބޯއިސް އަށް މި ރެކޯޑް މުގުރާލެވިފައި ވަނީ ދެ ފަހަރުއެވެ.

ޖުމްލަ 15 ލަވަ ހިމެނޭ ޓެއިލާގެ އާ އަލްބަމް "ރެޕިއުޓޭޝަން" ނެރެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. މި އަލްބަމް ޕްރޮޑިއުސްކޮށްފައި ވަނީ ޓެއިލާގެ އިތުރުން ޖެކް އެންޓޮނޮފް، މެކްސް މާޓިން އަދި ޝެލްބެކްއެވެ. މުޅިއެކު 15 ލަވަ ހިމެނޭ މި އަލްބަމުގެ ދިގުމިނަކީ 58.33 މިނެޓެވެ.

"ރެޕިއުޓޭޝަން" އަށް ޓުއާއެއް ދޭން އުޅޭކަމަށް ޓެއިލާ ވަނީ މިދިޔަ ހަފްތާގައި އިއުލާން ކޮށްފައެވެ. ޓެއިލާގެ ވެބްސައިޓުގައި ވާގޮތުން އެ ޓުއާގެ ނަމަކީ "ޓެއިލާ ސްވިފްޓްސް ރެޕިއުޓޭޝަން ސްޓޭޑިއަމް ޓުއާ" އެވެ.

މި ޓުއާގެ ޓިކެޓްތައް ވިއްކަން ފަށާނީ އޭނާގެ 28 ވަނަ އުފަންދުވަހު އެވެ. ޓެއިލާގެ އުފަން ދުވަހަކީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.

ނޯތު އެމެރިކާގައި މިމަހުގެ 28 އިން ފެށިގެން އެޑްވާންސްކޮށް ޓިކެޓް ވިއްކާނެ ކަމަށް ވެސް ޓެއިލާގެ ވެބްސައިޓުގައި ވަނީ ބުނެފައެވެ. ޓިކެޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޓިކެޓް މާސްޓާ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ ވެބްސައިޓުގައި ވެއެވެ. ބެލެވޭ ގޮތުގައި ޓެއިލާގެ މި ޓުއާ ފަށާނީ އަންނަ އަހަރުގެ ތެރޭގައެވެ.

"ރެޕިއުޓޭޝަން" ގެ ކުރިން ނެރުނު އަލްބަމް "1989" ގެ އަލްބަމަށް ވެސް ޓެއިލާ ވަނީ ޓުއާއެއް ދީފައެވެ. އެ ޓުއާގައި އޭނާއަށް ވަނީ 250 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. ޓެއިލާގެ "1989" ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ.

ޓެއިލާގެ "ރެޕިއުޓޭޝަން" އަށް އޭނާގެ އެހެން އަލްބަމްތަކަށް ވުރެ ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ. ޓެއިލާ ވެފައިވަނީ މިދިޔަ އަހަރު ފޯބްސް މަޖައްލާއިން ނެރުނު އެންމެ ގިނައިން އާމްދަނީ ލިބޭ ފަންނާނުންގެ ތެރެއިން އެންމެ ކުރި ހޯދާފައިވާ ލަވަކިޔުންތެރިޔާއަށެވެ. ޓެއިލާ އެންމެ ކުރި ހޯދީ 170 މިލިއަން ޑޮލަރާއި އެކީގަވެ.  

- ކޮމެންޓް