ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 22:20
ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުގެ ތެރެއިން
ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުގެ ތެރެއިން
ޕީއެސްއެމް
ގައުމީ ދުވަސް
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިޔާތުގައި ރައީސް ޔާމީނާއި ސަރުކާރުގެ ގިނަ ވެރިން ބައިވެރިވެވަޑައެއް ނުގަންނަވާ
ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
އެ ރަސްމިޔާތުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައެއް ނުގަންނަވާ
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ދިދަ ނެގުމުގެ ރަސްމިޔަތު ކުރިއަށް ގެންގޮސްފައި

ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިޔާތު ކުރިއަށް ގެންގޮސްފި އެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިނުވާއިރު، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވެސް ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ މަދު އަދަދެއްގެ ބޭފުޅުންނެވެ. 

ޤައުމީ ދުވަހުގެ ރަސްމިޔާތު ބައިވެރިވަޑައިގެންނެވުމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ވަޑައިގެންފައި ވަނީ 2018 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ދިދަ ނެގުމުގެ ރަސްމިޔަތު ކުރިއަށްގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އެ ރަސްމިޔާތުތައް ޝަރަފުވެރިކޮށްދެއްވާފައި ވަނީ ސަރުކާރުގެ އިސްވެރިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ނޮވެންބަރ 2017 | އާދީއްތަ 16:38
beybe
Erasmiyyaathugai Ry. aai sarukaaruge is beygulhun baiverinuvee 80,000 rayyithunnah boa hiyaavahikan dhinumuge biyamashroou Ifthithaahu kurumah Idhikolhu leedarun baiveri nuvee Ebeyfulhun amilla ah Qaumiyyathun beyru vegen ulheythee