ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 19:28
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު މަސް ބޯޓުތައް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު މަސް ބޯޓުތައް
މިނިސްޓްރީ އޮފް ޑިފެންސް
ރާއްޖޭގެ ކަނޑުގެ ސަރަހައްދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު މަސް ބޯޓުތައް ދޫކޮށްލައިފި
އެމްއެންޑީއެފުން ބުނީ އެ ބޯޓުތައް ދޫކޮށްލާފައި ވަނީ ބަލާ ފާސްކުރުމަށް ފަހު ކަމަށް
ބަލައި ފާސްކުރުމަށް ފަހު ދުކޮށްލީ ހުއްދަ އޮތުމުގެ ސަބަބުން
ބޭރުގެ ހަތަރު މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މަސްވެރިންތަކެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު ބޭރުގެ މަސް ބޯޓުތައް ދޫކޮށްލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުތައް ދޫކޮށްލާފައި ވަނީ ބަލާ ފާސްކުރުމަށް ފަހު ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ މި ބޯޓުތަށް ހިފަހައްޓައި ބެލިބެލުމުން މިއީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ސްރީލަންކާ އިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ބޯޓުތަކުގައި މަސްވެރިކަން ކުރާ އާލާތްތައް ހުރި ނަމަވެސް، އެ އާލާތްތައް ބޭނުންކޮށްފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ހަތަރު މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މަސްވެރިންތަކެކެވެ. އަދި އެ މަސްވެރިން ވަނީ އެ ބޯޓުތައް ހުއްޓުވާފަ އެވެ.

އެމްއެންޑީއެފުން ބުނީ އެކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިކަމަށެވެ. އެގޮތުން ފުރަތަމަ އެ ސަރަހައްދަށް ފޮނުވާފައި ވަނީ ފާމުލަދޭރި ލޯންޗްކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

 

 

ރާއްޖޭގެ ކަނޑު ސަރަހައްދުން ބޭރުގެ މަސް ބޯޓުތައް ފެނުމަކީ މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މަސްވެރިން ބުނާގޮތުގައި ބޭރުގެ ބޮޑެތި މަސް ބޯޓުތައ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ހުއްދަ ނެތި އެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް