ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 19:35
ރައީސް މައުމޫންގެ ދެކަނބަލުން މާފުށީ ޖަލުގައި
ރައީސް މައުމޫންގެ ދެކަނބަލުން މާފުށީ ޖަލުގައި
ރާއްޖެ އެމްވީ
ފާރިސް މައުމޫން ޖަލުގައި
މައުމޫނު އަނެއްކާ ވެސް މާފުށީ ޖަލަށް، ވިދާޅުވީ ފާރިސް ޖަލަށްލާފައި ވަނީ އިސްލާހީ މަސައްކަތް ހުއްޓުވަން ކަމަށް
ފާރިސްއާ ބައްދަލުކުރެއްވުމަށް ޖަލަށް ވަޑައިގެންފައި ވަނީ ރައީސް މައުމޫނުގެ ދެކަނބަލުން އެކުގައި
ހުކުމެއް ނެތި ފާރިސް ޖަލުގައި ހުންނަވާތާ ހަތަރު މަސްވެފައިވާ ކަމަށް މައުމޫން ވިދާޅުވި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ޖަލަށްލާފައި ވަނީ އިސްލާހީ މަސައްކަތް ހުއްޓުވުމުގެ ގޮތުން ކަމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު އެފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ދެކަނބަލުން ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް މާފުށީ ޖަލަށް ވަޑައިގެންނެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ހުކުމެއް ނެތި ފާރިސް މައުމޫން ޖަލަށްލާފައި ހުންނަތާ ހަތަރު މަސްވެއްޖެ ކަމަށާއި، އޭނާ ޖަލަށްލާފައި ވަނީ އިސްލާހީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

 

 

ޝަރީއަތް ނިމެންދެން ފާރިސް މައުމޫން ޖަލަށްލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފަ އެވެ. އަދި އެ ދައުވާގެ ޝަރީއަތްތައް ކުރިއަށްގެންދާއިރު، ޝަހްޝު އޮޅުވާލުމުގެ ދައުވާ ވެސް ފާރިސް މައްޗަށް އުފުލާފައި ވެއެވެ. ފާރިސްގެ ޤާނޫނީ ވަކީލުން ވިދާޅުވީ ފާރިސްއާ ދެކޮޅަށް ހެކި އުފައްދާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ގޮތެއްގައި ރިޝްވަތު ދިނުމަށް ފާރިސް މަސައްކަތް ނުކުރައްވާނެ ކަމަށް ވަކީލުން ވިދާޅުވެފައި ވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް