ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 22:27
ކުޅުދުއްފުށި އެއާޕޯޓްގެ ކުރެހުން
ކުޅުދުއްފުށި އެއާޕޯޓްގެ ކުރެހުން
ޓްވިޓަރ
ކުޅުދުއްފުށި އެއަރޕޯޓް މައްސަލ
އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނާ މައްސަލަ އެއްބަސްވުމަކަށް ނާދެވުމުން ޝަރީއަތަށް ފޮނުވައިފި
މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފުތާ ތެރޭގައި
އެއާޕޯޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައި

އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުކުރެވުމުގެ ސަބަބުން ޝަރީއަތަށް ފޮނުވައިފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާ ޖަމިއްއްޔާއެއް ކަމަށްވާ އިކޯކެއާ އިންނެވެ.

 އީކޯކެއާގެ ވަކީލު މީގެ ކުރިން ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި މައްސަލައިގައި އެދިފައި ވަނީ އީޕީއޭއިން އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ގަވައިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާތީ އެކަން ހުއްޓުވައިދިނުމަށް ކަމަށެވެ. އަދި ސިވިލް ކޯޓަށް އެ ޖަމިއްޔާއިން ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

އީކޯކެއާގެ ފަރާތުން ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މި ހަފްތާގެ އާދިއްތަ ދުވަހު އިފްތިތާހު ކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ނޮވެންބަރ 2017 | ހޮނިހިރު 18:22
Haha
Ma beynun airport eh..ma beynun airport eh..uhu..ithuru vaahaka nudhakkaa maves beynun airport eh Mashah ves liben jeheynee airport eh..