ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 12:50
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް (ވައަތުން ދެވަނަ އަށް) ސިންގަޕޫރާއި ޗައިނާ އަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް (ވައަތުން ދެވަނަ އަށް) ސިންގަޕޫރާއި ޗައިނާ އަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސާރވިސް ކޮމިޝަން
ސީއެސްސީގެ ރައީސް ސިންގަޕޫރާއި ޗައިނާއަށް ފުރާވަޑައިގެންފި
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދެވިދާނެ ގޮތްތަކާއިމެދު ސިންގަޕޫރުގައި މަޝްވަރާ ކުރައްވާނެ
ޗައިނާގެ ޒިއާމިންގައި ބާއްވާ އޭޝިއާ ގްރޫޕް ފޯ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑދ. ޢަލީ ޝަމީމް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، އެކޮމިޝަންގެ ރައީސް ޑރ. ޝަމީމާއި ކޮމިޝަންގެ ސީނިއަރ ހިއުމަން ރިސޯސް އެގްޒެކެޓިވް ފާތިމަތު މުޙައްމަދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

މިމަހުގެ 16 އިން 17 އަށް ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މަޤްޞަދުތަކުގެ ތެރޭގައި، ސިވިލް ސަރވިސް ކޮމިޝަނާއި ސިންގަޕޫރުގެ ތިން މުއައްސަސާއަކާއެކު އެކުލަވާލާފައިވާ ފަޙުމުނާމާ (އެމްއޯޔޫ) ގެ ދަށުން، އެކޮމިޝަނުގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި، ދިވެހިރާއްޖޭގެ ސިވިލް ސާރވިސް ކުރި އެރުވުމަށް އެހީތެރިކަމާއި އެއްބާރުލުން ހޯދުން ހިމެނޭ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޑރ. ޝަމީމް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަށް ފަހު ޗައިނާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅަކީ މިމަހުގެ 19 އިން 22 އަށް ޗައިނާގެ ޒިއާމިންގައި ބާއްވާ އޭޝިއާ ގްރޫޕް ފޯ ޕަބްލިކް އެޑްމިނިސްޓްރޭޝަން (އޭޖީޕީއޭ) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

މިބައްދަލުވުމުގައި، ބައިނަލްއަގުވާމީ ބާޒާރުގައި އިންސާނީ ވަސީލަތް ކުރިއެރުވޭނެ ތަފާތު ސިޔާސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި، ހުނަރުވެރި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމުގައި ގެންގުޅެވޭނެ ހެޔޮ ގޮތްތަކާއި، އެކަމުގައި އޮތް ފުރުޞަތުތަކާއި ގޮންޖެހުންތަކާއި، އައު އީޖާދީ ގޮތްތައް އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ޕަބްލިކް ސާރވިސްގައި ދަސްކުރެވިދާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް