ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 10:58
ސީޕްލޭންގެ އެއްބައި ކަނޑު އަޑީގައި
ސީޕްލޭންގެ އެއްބައި ކަނޑު އަޑީގައި
ރާއްޖެ އެމްވީ
މޯލްޑިވިއަން ސީޕްލޭން
މޯލްޑިވިއަންގެ ސީޕްލޭނެއް އެކްސިޑެންޓްވެއްޖެ!
ދަތުރުކުރި 12 ފަސިންޖަރުންނާއި 3 ފަޅުވެރިންގެ ޙާލުވެސް ރަނގަޅު
މިއީ މަހެއްހާ ދުވަސްތެރޭ އެކްސިޑެންޓްވި މޯލްޑިވިއަންގެ 2ވަނަ ސީޕްލޭން
މި އެކްސިޑެންޓް ހިނގީ ސީޕްލޭން ޓޭކް އޯފް ކުރަން އުޅުމުގެ ތެރޭގައި

ދ އަތޮޅު ދޫރެސް ރިޒޯޓުން ނައްޓާލަން އުޅުމުގެ ތެރޭގައި، އެކްސިޑެންޓެއް ހިނގައި، މޯލްޑިވިއަންގެ ސީޕްލޭނެއް އެއްބައި އަޑިއަށް ހިނގައްޖެއެވެ. އައިލެންޑް އޭވިޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް ވިދާޅުވީ ކަނޑަށްޖައްސާ މަތިންދާބޯޓަށް އެކްސިޑެންޓެއް މެދުވެރިވީ ބޯޓު ނައްޓާލިވަގުތު ކަނޑުމަތީގައި އޮތް އެއްޗެއްގައި ޖެހި، ބޯޓުގެ ކަނދެއް ބުރައިގެން ދިޔުމުން ކަމަށެވެ. 12 ފަސިންޖަރުންނާއި 3 ފަޅުވެރިން މިބޯޓުން ދަތުރުކުރިއިރު، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.  އެންމެން މިހާރު ސަލާމަތްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

 

އެކްސިޑެންޓްވި ސީޕްލޭން

ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގެ އެއްބައި އޮތީ މޫދު އަޑީގައެވެ.

މީގެ މަހެއްހާ ދުވަސްކުރިން ވެސް މޯލްޑިވިއަންގެ ސީޕްލޭންއެއް ލޭންޑްކުރަން އުޅުމުގެ ތެރޭގައި ހުޅުލޭ ފަޅުތެރެއަށް ކްރޭޝް ލޭންޑްކުރަން ޖެހުނެވެ. 

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް