ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 10:45
ރައީސް ނަޝީދު(ކ) އިނގިރޭސި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މާކް ފީލްޑް(ވ) އާއި ބައްދަލުކުރައްވަނީ
ރައީސް ނަޝީދު(ކ) އިނގިރޭސި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މާކް ފީލްޑް(ވ) އާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
ރައީސް ނަޝީދުގެ ޓްވީޓް
ރައީސް ނަޝީދު އިނގިރޭސި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރާއި ބައްދަލުކުރައްވައިފި
ރައީސް ނަޝީދު ގެންދަވަނީ ލަންޑަނުގައި ހުންނަވައިގެން އިނގިރޭސިވިލާތާއި އެހެން ސަރުކާރުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުން

އިނގިރޭސި ޚާރިޖިއްޔާގެ އޭޝިއާ ސަރަހައްދާއި ބެހޭ ސްޓޭޓް މިނިސްޓަރ މާކް ފީލްޑްއި ކުރީގެ ރައީސް މުހައްމަދު ނަޝިދު ބައްދަލު ކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުންނާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި، އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށެވެ.

އަންނަ އަހަރުގެ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ވާހަކަ ދައްކަމުންދާއިރު، މިނިވަން އިންސާފުވެރި އިންތިޚާބަށް މަގުފަހި ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ދަނީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދު އިއްޔެ އިނގިރޭސި ޚާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރ މާކް ފީލްޑްއާއި  ބައްދަލުކުރެއްވިއިރު، އެމަނިކުފާނު ގެންދަވަނީ އެޤައުމުގައި ހުންނަވައިގެންނާއި އަދި އެހެން ޤައުމުތަކަށް ޒިޔާރަތްކުރައްވައި، އެކިއެކި ޤައުމުތަކުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވަމުންނެވެ. އަދި މިބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް