ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 15:06
ކްރިމިނަލް ކޯޓް ވަގުތީ ގުތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފް
ކްރިމިނަލް ކޯޓް ވަގުތީ ގުތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފް
ސަން އޮންލައިން
ގާޒީ އާދަމް އާރިފް
މީހަކު ވަކި ތަނެއްގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރުމުން އެ އަމުރަށް ހުރިހައި ފަރާތްތަކަކުން ވެސް ތަބާވާން ޖެހޭނެ: ގާޒީ އާދަމް އާރިފް
ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރާ މީހަކު ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި
ރިމާންޑް ޖަލެއްގައި ބަހައްޓަން ޖެހޭ މީހުން އެހެންތަންތަނުގައި ބަހައްޓާ މައްސަލަ ވަނީ ވަަރށް ބޮޑުވެފަ

މީހަކު ވަކިތަނެއްގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރުމުން އެ އަމުރަކަށް ދައުލަތުގެ ހުރިހައި މުއައްސަސާއަކުން ވެސް ތަބާވާން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އިސް ގާޒީ އާދަމް އާރިފް ވިދާޅުވެއްޖެއެވެ. 

ގާޒީ އާދަމް މިހެން ވިދާޅުވީ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި މީހަކު މަރާލުމުގައި ބައިވެރި ވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް ރިމާންޑް ޖަލެއްގައި ނުބަހައްޓާ ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައި ހުންނަ މައްސަލަ އޭނާގެ ގާނޫނީ ވަކީލް ޝަރީޢަތަށް ހުށަހެޅުމުންނެވެ. އެ މައްސަލަ ޝަރީއަތަށް ހުށަހެޅީ އަންގާރަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައެވެ. 

ޝާޒްގެ ގާނޫނީ ވަކީލް ވިދާޅުވީ ޝާޒް އަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހަކަށްވާއިރު އޭނާ ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށެވެ. އަދި ކޯޓުން ކޮށްފައިވާ އަމުރުގައި ވެސް ވަނީ ޝާޒް ރިމާޑް ޖަލެއްގައި ބެހެއްޓުމަށް ކަމަށާއި ނަމަވެސް ޝާޒް ބަހައްޓާފައި ވަނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޝާޒްގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ. 

ވަކީލް ވިދާޅުވީ ޝާޒް ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ޝާޒްއާ ބައްދަލުކޮށް މައްސަލަ އަށް ތައްޔާރު ވުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށެވެ. އެހެން ކަމުން ޝާޒް ރިމާޑް ޖަލަކަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށް ޝާޒްގެ ވަކީލް ވިދާޅުވިއެވެ. 

ޝާޒްގެ ގާނޫނީ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ކޯޓުން އަމުރު ކުރާތަން ނޫން އެހެންތަނެއްގައި ބަހައްޓާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ވަރަށް ގިނައިން ކޯޓަށް ލިބެމުންދާ ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ. 

ގާޒީ ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާ މީހަކު ރިމާޑް ޖަލެއްގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަނީ އެގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި އޮތުމުން ކަމަށާއި އެއީ ކޯޓުން ކަނޑައަޅާފައިވާ އުސޫލެއް ނޫން ކަމަށެވެ. އެހެން ކަމުން ގާނޫނުތަކާއި ހިލާފަށް އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ގާނޫނުގައި ވަކިކަމެއް ވަކިގޮތަކަށް ކުރަން އޮވެއްޖެނަމަ އެކަމެއް އެގޮތަށް ކުރަން ޖެހޭނެ ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ. 

ގާޒީ ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހަކު ރިމާންޑް ޖަލެއްގައި ނުބަހައްޓާ އެހެންތަނެއްގައި ބެހެއްޓުމުގެ ސަބަބުން ކޯޓަށް ދީފައިވާ މައުލޫމާތާއި އެ މީހަކު އެ ބަހައްޓާފައި ހުންނަތަނުގެ މައުލޫމާތު ދިމާ ނުވާ ކަމަށެވެ. 

އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހާ ހުންނަން ޖެހޭނީ ރިމާޑް ޖަލެއްގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުންނަ މީހާ އަށް ކޯޓުން ފޮނުވަން ޖެހޭ ސިޓީތަކާއި ލިޔުންތައް ވެސް ފޮނުވަނީ ކަރަކްޝަން އަށް ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ. އެހެން ކަމުން ކޯޓުން ކުރާ އަމުރުތައް ތަންފީޒް ކުރުން ޖެހޭނެ ކަމަށާއި އަދި ޝާޒް ރިމާޑް ޖަލަކަށް ބަދަލު ކުރުމަށް އަމުރު ކުރައްވާނެ ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް