ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 15:55
1438 ވަނަ އަހަރު ހައްޖަށް ދިޔަ ގްރޫޕަކުން ފްލައިޓަށް އަރަނީ
1438 ވަނަ އަހަރު ހައްޖަށް ދިޔަ ގްރޫޕަކުން ފްލައިޓަށް އަރަނީ
މެގަމޯލްޑިވްސް
އުމްރާ ދަތުރުގެ އަގު
ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި
އުމްރާ ދަތުރުގެ އަގަކީ 37965ރ.
އުމްރާ ދަތުރެއްގެ މުއްދަތަކީ 15 ދުވަސް
ގިނަ މީހުން އެކީ އުމްރާއަށް ދިއުމަށް ބައިވެރިވުމުން ޑިސްކައުންޓް ލިބިގެންދާނެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އަގަށް ބަދަލު ގެނެސްފި އެވެ.

ރަމަޟާން މަހުގެ އުމްރާ ދަތުރަށް އެ ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 37،965ރ. އެވެ. މިއީ 1438 ވަނަ އަހަރު ނުވަތަ 2017 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަގަށް ވުރެ 2,000ރ. ހެޔޮ އަގެކެވެ.

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގައި 15 ދުވަސް ހޭދަވާ އިރު ގްރޫޕުތަކުން ބައިވެރިވުމުން ވެސް ޑިސްކައުންޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރާ ނަމަ 1,000ރ. ގެ ޑިސްކައުންޓް ލިބޭ އިރު 10 މީހުންގެ ގްރޫޕެއް ބައިވެރިވާ ނަމަ 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި ޕެކޭޖުތައް ނަގާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނުން ދޫކުރާ އުމްރާ ކިޓު ބޭނުން ނުވާ ފަރާތްތަކަށް އިތުރު 1,000ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

އުމްރާއަށް އެކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދާން ބޭނުންވާ ފަރާތްތަކަށް އަންނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ނިއަލަށް ރަޖިސްޓްރީވެ ފައިސާ ދެއްކުމުގެ ކަންކަން ވަނީ ހަމަޖެހިފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 ނޮވެންބަރ 2017 | އަންގާރަ 16:21
އަޙްމަދު
27965/- މިހާރުވެސް ރޯދަމަހު މިއަގަށް ކުރެވޭނެ