ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 20:05
ވަކީލުން އޭޖީ އޮފީހަށް ޕެޓިޝަން ހުށަހެޅުމަށްފަހު ނުކުންނަނީ
ވަކީލުން އޭޖީ އޮފީހަށް ޕެޓިޝަން ހުށަހެޅުމަށްފަހު ނުކުންނަނީ
މުހައްމަދު ޝަރުހާން
ޤާނޫނީ ވަކީލް
އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
ޑީޖޭއޭއިން ބުނީ ސަސްޕެންޝަން އުވާލީ މައްސަލަ ބެލުމަށް ފަހު ކަމަށް
ޖުމްލަ 54 ވަކީލުން ސަސްޕެންޑް ކުރި
ވަކީލުން ސަސްޕެންޑް ކުރުމުން އެތެރެއާއި ބޭރުގެ ފާޑުކިއުން އަމާޒުވި

ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑުކޮށްފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހޯމަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނީ މަރްޔަމް ހަނީފާ ހާލިދާއި ފަރީޝާ އަބްދުﷲގެ އިތުރުން ފަތުހުﷲ އިސްމާއީލްގެ ސަސްޕެންޝަން އުވާލާ އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ.
އަދި ތިން ވަކީލުންގެ ސަސްޕެންޝަން އުވާލާފައިވަނީ އެ ވަކީލުންގެ މައްސަލަ ބެލުމަށް ފަހުކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ޝަރުއީ ދާއިރާއާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހުށަހެޅުމަށް މަސައްކަތް ކުރި މައްސަލައިގައި ސަސްޕެންޑް ކުރި 54 ވަކީލުންގެ ތެރެއިން ގިނަ ވަކީލުން ތަކެއްގެ ސަސްޕެންޝަން މިހާރުވަނީ އުވާލާފައެވެ. އެޕެޓިޝަން ހުށަހަޅަން އުޅުނީ ޝަރުއީ ދާއިރާގައި އިސްލާހް ކުރަން ހުރި ކަންތައްތައް ކޮށްފައިވާ އިލްތިމާސެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް