ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 15:56
އަމީން ފައިސަލް
އަމީން ފައިސަލް
ގޫގުލް
އަމީން ފައިސަލް ޝަރީއަތް
ހުލާސާ ބަޔާން އިއްވުމަށް ތާވަލުކުރި އަމީން ފައިސަލްގެ ޝަރީޢަތް ކެންސަލް
އަމީންގެ ފަރާތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެ
ދައުލަތުން އަމީންއާ ދެކޮޅަށް ތިން ހެކިން ހުށަހެޅި
ދެން އޮންނާނީ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލައިގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުމަށް ތާވަލުކުރި ޝަރީޢަތުގެ މަޖިލިސް ކެންސަލް ކޮށްފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަމީން ފައިސަލްގެ ގާނޫނީ ވަކީލް ވިދާޅުވީ އަމީން ފައިސަލްގެ ޝަރީޢަތް ތާވަލު ކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ކަމަށެވެ.

އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުގައި  އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރު ކުރައްވާފަ އެވެ.

އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އޭރު އެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވި ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ. 

މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތުތަކެއް އޭނާއަށް  އެނގިވަޑައިގަންނަވާނެތީ އެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށް ކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

ދައުލަތުން އަމީންއާ ދެކޮޅަށް ވަނީ ތިން ހެއްކެއް ހުށަހަޅާފައެވެ. އެއީ ސިއްރު ދެ ހެކިންގެ އިތުރުން ކުރީގެ ޕްރޮސިކިޔުޓާ ޖެނަރަލް މުހައްމަދު މުއިއްޒު އެވެ. 

 އަމީން ހުށަހެޅުއްވި ހެކީންގެ ތެރެއިން ކޯޓުން ހާޒިރު ކޮށްދީފައި ވަނީ ލެފްޓިނަންޓް ކާނަލް ޒުބައިރު އެކަންޏެވެ. އަދި ރައީސް އަބްދުﷲ ޔާމީން އާއި މޫސާ އަލީ ޖަލީލް ހާޒިރުވެވަޑައިގަތުމަށް އިއުތިރާޒް ކޮށްފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. 

ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ޒުބައިރު ވިދާޅުވެފައި ވަނީ އަބްދުﷲ ޔާމީން ސިފައިންގެ ހިމާޔަތުގެ ދަށަށް ގެންދިޔައީ އިންޓަލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެކަން ކުރީ އެ ރިޕޯޓަށް ބަލައި އެކަން ކުރަން ޖެހޭތީ ކަމަށް ޒުބައިރު ވަނީ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ އިންޓަލިޖެންސް ރިޕޯޓު ސިފައިންގޭގައި އޮންނާނެ ކަމަށް ޒުބައިރު ވަނީ ވިދާޅުވެފައެވެ. 

ދައުލަތުގެ ފަރާތުން ހެކެއްގެ ގޮތުގައި ހުށަހެޅުއްވި ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުﷲ ޔާމީން ސިފައިންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމަށް ނޫންކަން އެޓާނީޖެނަރަލް އަށް ލަފާ ދީފައިވާނެ ކަމަށެވެ. އަދި އެގޮތަށް ލަފާ ދީފައި ވަނީ ސިޓީއަކުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

 ރައީސް ޔާމިން ޖުލައި 14،  2010 ވަނަ ދުވަހުގެ ރޭ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭރު މާލެ ތެރޭގައި ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން އެމަނިކުފާނުގެ ހަށިރައްކަލަކަށް ކަމަށް ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް