ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 15:34
ކުޅުދުއްފުށި އެއާޕޯޓް ހެދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ
ކުޅުދުއްފުށި އެއާޕޯޓް ހެދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ
ރައީސް އޮފީސް ޓްވިޓާ
ޕީޕީއެމް އުދުހޭ ޖަލްސާ
ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަށް އިތުރަށް ބޭނުން ވަނީ 180 މީހުން: މެންބަރު ނަޝީދު
ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެވޭނެ

ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަށް ބޭނުން ވަނީ އެ ރަށުގެ ދަފުތަރުގައި ރަށްވެހިންގެ ގޮތުގައި 180 މީހުން ރަޖިސްޓްރީ ކުރުން ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް "އުދެހޭ" ގެ ނަމުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ އެ ރަށުގެ ރަށްވެހިންގެ ދަފުތަރުގައި 180 މީހުން ރަޖިސްޓިރީ ކުރުމުން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރެވި ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

Caption

 

ނަޝީދު ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމަކީ ކުޅުދުއްފުށީގެ ވަރަށް ގިނަ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި އެކަން ދުރުނޫން މަސްތަގުބަލެއްގައި ވެގެން ދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް މެންބަރު ނަޝީދު ވިދާޅުވިއެވެ. 

ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢުތައް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫ އާއި އެރަށު ޔޫތު ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް