ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 09:37
ކުޅުދުއްފުށީގައި އިއްޔެ ދަމާފައިވާ ބެނާއެއް: މިއީ މާލެއިން ގެންދިޔަ ބެނާއެއް ކަމަށް އެރަށުގެ ބައެއް މީހުން ބުނޭ
ކުޅުދުއްފުށީގައި އިއްޔެ ދަމާފައިވާ ބެނާއެއް: މިއީ މާލެއިން ގެންދިޔަ ބެނާއެއް ކަމަށް އެރަށުގެ ބައެއް މީހުން ބުނޭ
ރާއްޖެ އެމްވީ
ޕީޕީއެމްގެ އުދުހޭ ޖަލްސާ
އުދުހޭ ޖަލްސާއަށް އެހެން ރަށްރަށުން 1000 މީހުން، ބައެއް ބެނާތައް ގެންދިޔައީ މާލެއިން!
ވައުދު ފުއްދިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައިވާ ބަނާއަކީ މާލެއިން ގެންދިޔަ ބަނާއެއް
ގިނަ އަދަދެއްގެ ބަޔަކު ރައީސް ޔާމީނަށް މަރުހަބާ ކިޔަން ނުކުތް

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް "އުދުހޭ" ނަމުގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއަށް އެހެން ރަށްރަށުން ގާތްގަނޑަކަށް 1000 މީހުން ގެންދިޔަ ކަމަށް، އެ ރަށުން މައުލޫމާތު ދީފި އެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ ރަށުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއަށް ހއ، ހދ، ށ، ނ، ރ. އަދި ބ. އަތޮޅުން މީހުން ގެންދިޔަ އެވެ.  

"މުޅިން ފެނިގެން ދިޔައީ މިރަށުގެ މީހުންނެއް ނޫން. އެތައް ބަޔަކު އައި، ހިލޭ ދަތުރެއް ލިބޭތީ ވިޔަފާރި ކޮށްލައިގެން ދާން ވެސް. ގާތްގަނޑަކަށް ހާހަކާ ގާތްކުރާ އަދަދަކަށް އެހެން ރަށްރަށުން މީހުން އެރި،" ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ކިޔުމާއި ޝުކުރު އަދާކުރުމުގެ ގޮތުން ދަމާފައިވާ ބައެއް ބެނާތަކަކީ ކުޅުދުއްފުށީ ރައްޔިތުންގެ ޝުއޫރެއް ނޫން ކަމަށާއި އެބެނާތައް ގެންދިޔައީ މާލެއިން ކަމަށް ވެސް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި "ވައުދުތައް ފުއްދައިފި ކަމަށް ގަބޫލުކޮށްފި" ލިޔެފައިވާ ބެނާއަކީ މާލެއިން ގެންދިޔަ ބެނާއެކެވެ.

"މިފަދަ ފަސްވަރަކަށް ބެނާ މާލެއިން ގެނައި. އެކަމާ ރަށުގެ ބައެއް މީހުން ތިބީ ހިތްހަމަ ނުޖެހިފައި،" އޭނާ ބުންޏެވެ.

ވައުދުތައް ފުއްދިއްޖެ ކަމަށް ބުނުމަކީ، "މީހަކާ ކައިވެނި ނުކޮށް ކައިވެނިކޮށްފީމޭ ބުނުން" ފަދަ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އުދުހޭ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިފަހަރު ކުޅުދުއްފުށި ރައީސް އަބްދުﷲ ޔާމީނަށް ކީވަރުގެ މަރުހަބާއެއް ތާރީޚުގައި އެހެން ރައީސަކަށް އެރަށުން ކިޔާފައި ނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 ނޮވެންބަރ 2017 | ހޯމަ 16:38
ހ މ ޒ
މިއަދު ސޯޝަލް މީޑިޔާއަކީ މީހުންނަށް މަލާމާތް ކުރަން ހުންނަތަނެއް ބާއޭ ބައެއް ފަހަރު ހިތައް އަރައެވެ.
13 ނޮވެންބަރ 2017 | ހޯމަ 16:35
ހ މ ޒ
މަލާމާތައި ފުރައްސާރަ ކުރުމަކީ މިއަދު މި ދިވެހި މުޖުތަމައުގައި އާއްމު ކަމެކެވެ.
13 ނޮވެންބަރ 2017 | ހޯމަ 16:13
ހ މ ޒ
ހަސަދަވެރިކަމަކީ ވަރަށް ނުބައި އަދި ގޯސް ސިފައެކެވެ.
13 ނޮވެންބަރ 2017 | ހޯމަ 13:57
ގާދިރު
ފުލައިޓުޖައްސާފަދޯއުދުހޭޖަލްސާއޭކިޔަންވީއަދި ނޭގެ ތިތާގަ އެއާޕޯޓެއްއެޅެނެދުވަހެއް ގައިމުއަދި އެއާޕޯޓުއަޅަން ބަޔަކަހަވާލެއްވެސްނުކުރޭ
13 ނޮވެންބަރ 2017 | ހޯމަ 12:25
huvaatha
naa hama thehdeh
13 ނޮވެންބަރ 2017 | ހޯމަ 10:31
ޒުވާނާ
ކޮބާ ދެން ?ޖަހާލާ