ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 18:36
އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދެއް
އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދެއް
ގޫގުލް
ހާލުގައި ޖެހުން
ށ. އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނީގެ ޝާފުޓް ބިންދައިގެން ދިއުމުން، ފެރީގައިތިބި މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފި
ފެރީ ދޯނީގައި ތިބި މީހުން ހާލުގައި ޖެހުނުއިރު 22 މީހުން ތިބި
ހަތަރު އަންހެނަކާއި ކުޑަ ކުއްޖަކުވެސް ހިމެނޭ
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ށ. އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނީގެ ޝާފުޓް ބިންދައިގެން ދިއުމާއި ގުޅިގެން ހާލުގައި ޖެހުނު މީހުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ ށ. އަތޮޅު ފެރީ ދޯނީގެ ޝާފުޓް ބިންދައިގެން ދިޔައީ ހދ. ކުމުންދޫ ކައިރިން ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންއަށް އެކަން ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހު 13:53 ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ފެރީދޯނީގައި ތިބި މީހުން ހާލުގައި ޖެހުނުކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ، ކުޅުދުއްފުށި ޕޯސްޓްގެ ކޯސްޓްގާޑުގެ ލޯންޗެއް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ އެ ފެރީ ދޯނީގައި ތިބި މީހުން ހާލުގައި ޖެހުނުއިރު، ފެރީގައި 22 މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހަތަރު އަންހެނުންނާއި ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ.

އެ ދޯންޏަކީ ށ. އަތޮޅު "ހިރުނދުމާ" ނަމަކަށް ކިޔާ  ފެރީ ދޯންޏެކެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް