ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 10:07
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ދީބާނާޒް ފަހުމީއާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ދީބާނާޒް ފަހުމީއާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު
ވީނިއުސް
ދީބާނާޒު ފަހުމީ
ދީބާނާޒުގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު ދެެއްކުމަށް ހުކުމް ކޮށްފި
މަތީ ތައުލީމް ހާސިލްކުރަން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދުމަށް ކުރި ދައުވާއެއް
އެއްބަސްވުން އޮންނަ ގޮތުން ކޯސް ފުރިހަމަ ނުކޮށްފިނަމަ ފައިސާ އަނބުރާ ދައްކަންޖެހޭ
ދީބާނާޒް ވަނީ އެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެވަޑައިގެންފަ

ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ދީބާނާޒް ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދީބާނާޒްގެ މައްޗަށް ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، އޭނާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވިއިރު ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދުމަށް ދައުވާ ކުރުމުންނެވެ.

ދައުލަތުން ދައުވާ ކުރީ، ދީބާނާޒަށް ޚަރަދުކުރި 559،820 ރުފިޔާ އަނބުރާ ހޯދުމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެ ދައުވާކުރުމުން، ދީބާނާޒު ވަނީ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި ފައިސާ ދައްކާނެ ގޮތަކާ މެދު ދައުލަތުން ހުށަހެޅި ހުށަހެޅުން ވެސް ދިބާނާޒް ވަނީ ގަބޫލުކުރައްވާފަ އެވެ.

އެހެންކަމުން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޑިސެމްބަރު 1 އިން ފެށިގެން 36 މަސްދުވަހަށް  ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ދީބާނާޒްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދީބާނާޒުއާ ދެމެދު ހަދާފައިވާ އެއްބަސްވުން އޮންނަ ގޮތުން އެ ކޯސް ފުރިހަމަ ނުކޮށްފިނަމަ އެ ކޯހަށް ދައުލަތުން ޚަރަދުކުރި ހުރިހާ ފައިސާއެއް އަނބުރާ ދައްކަންޖެހެ އެވެ.

އޮކްޓޯބަރު، 31، 2012 އިން ފެށިގެން ނޮވެމްބަރު، 11، 2013 އާ ހަމައަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި ދީބާނާޒު މަތީ ތައުލީމް ހާސިލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން މާސްޓަރސް ޑިގްރީ ކޯހުގެ މުއްދަތުގައި ކޯސް ފުރިހަމަ ނުކުރައްވަ އެވެ. އަދި އެ ކޯސް ފުރިހަމަ ކުރެއްވީ މާ ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް