ކ. މާލެ
|
10 ނޮވެންބަރ 2017 | ހުކުރު 22:50
ރައީސް ޓްރަމްޕް (ކ) ކުއްތާއެއްގެ ކަންފަތުގައި ނަގާފައިވާ ޓިއުމަރެއް (ވ)
ރައީސް ޓްރަމްޕް (ކ) ކުއްތާއެއްގެ ކަންފަތުގައި ނަގާފައިވާ ޓިއުމަރެއް (ވ)
ރައީސް ޓްރަމްޕް
ކުއްތާއެއްގެ ކަންފަތް ތެރޭގައި ޑޮނަލްޑް ޓްރަމްޕް!
ކުއްތާގެ ކަންފަތުގެ ފޮޓޯ ނެގީ ޖަނަވާރުންނާބެހޭ ޚާއްސަ ޑޮކްޓަރަކަށް ފޮނުވުމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ އަންހެނަކަށް އޭނާ ގެންގުޅޭ ކުއްތާގެ ކަންފަތުގެ ތެރެއިން ފެނިއްޖެއެވެ. މިވާހަކަ ބުނުމުން މީހުންނަށް ގަބޫލު ނުކުރެވިދާނެއަތީ އެ އަންހެން މީހާ ވަނީ މަންޒަރު ހާމަކޮށްދޭ ފޮޓޯތައްވެސް އާއްމު ކޮށްފައެވެ.

"ޗީފް" ނަމަކަށް ކިޔާ މި ކުއްތާގެ ކަންފަތުގެ އެތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ހާމަވާ ފޮޓޯ މި މީހާ ފުރަތަމަ ހާމަ ކުރީ އޭނާގެ ފޭސްބުކް ޕޭޖް ގައެވެ.

މިރަރ ނޫހަށް ކުއްތާގެ ވެރިމީހާ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ޖޭޑް ރޮބިންސަން ކިޔައިދިން ގޮތުގައި ކުއްތާގެ ކަންފަތުގެ ފޮޓޯ ނަގައިގެން އެކި ގޮތްގޮތައް ބެލުމުންވެސް އޭނާއަކަށް ރައީސް ޓްރަމްޕްގެ ސޫރަ އެއް ފޮޓޯއިން ފާހަގަ އެއް ނުވި ކަމަށާއި ނަމަވެސް ޖެހިގެން އައި ދުވަހު ރައްޓެއްސަކަށް އެ ފޮޓޯ ދެއްކުމާއެކު އޭނާއަށް ކުއްތާގެ ކަންފަތުގެ ތެރެއިން ޓްރަމްޕްގެ ސޫރަ ފާހަގަ ކުރެވުނު ކަމަށެވެ.

އުމުރުން 2 އަހަރު ފުރިފައިވާ، މި ކުއްތާގެ ކަންފަތުގެ އެތެރެ ފެންނަ ގޮތައް، ކުއްތާގެ ވެރިމީހާ ފޮޓޯ ނެގީ ކުއްތާގެ ކަންފަތުގައި ސިސްޓެއް ހުރުމުން ޖަނަވާރުންނާ ބެހޭ ޚާއްސަ ޑޮކްޓަރަކަށް ފޮޓޯ ފޮނުވުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ޓްރަމްޕްގެ ސޫރަ ފެންނަނީ މި ސިސްޓްގެ ތެރެއިން ކަމަށް ވެއެވެ.

ރަހްމަތްތެރިޔާއަށް ޓްރަމްޕްގެ ސޫރަ ކުއްތާގެ ކަންފަތުގެ ތެރެއިން ފެނުމާއެކު ޖޭޑް ބޭނުންވީ ފޮޓޯ ސޯޝަލް މީޑިއާގައި ޝާއިއު ކުރުމަށެވެ. ފޮޓޯ އާއެކު އެނާ ލިޔެފައިވާ ކެޕްޝަންގައި ބުނެފައިވަނީ ކުއްތާގެ ކަންފަތުގައި ރިއްސާ ސަބަބު ދެނެގަތުމަށް ބަލާލިއިރު ކަންފަތުގެ ތެރޭގައި އޮތީ ޑޮނަލްޑް ޓްރަމްޕް އެވެ!

- ކޮމެންޓް