ކ. މާލެ
|
10 ނޮވެންބަރ 2017 | ހުކުރު 13:44
ގުޅިފައިވާ ޕާޓީތަކުން ރ. މީދޫގައި
ގުޅިފައިވާ ޕާޓީތަކުން ރ. މީދޫގައި
ރާއްޖެ އެމްވީ
ގުޅިފައިވާ ޕާޓީތަކުގެ ދަތުރު
ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތައް ރ. އަތޮޅުގައި
މީދޫގައި ކަންމަތީ ބައްދަލުވުމެއް އޮންނާނެ
ބޮޑު ޖަލްސާ އޮންނާނީ ރ. މީދޫގައި

ގުޅިފައިވާ ޕާޓީތަކުން ހަފްތާ ބަންދާ ދިމާކޮށް ރ. އަތޮޅުގައި ހިންގާ ހަރަކާތްތައް ފަށައިފިއެވެ.

މިހަރަކާތް ފެށީ ރ. އަތޮޅު މީދޫންނެވެ. މިއަދު ހެނދުނު މީދޫއަށް ގުޅިފައިވާ ޕާޓީތަކުގެ ޓީމް ޒިޔާރަތްކުރުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މީދޫގައި މިއަދުގެ ހުކުރު ނަމާދަށް ފަހު އޮތީ ރަށުގެ ބައެއް ގޭގެއަށް ދޮރުން ދޮރަށް ހިނގުމެވެ. އެއަށް ފަހު ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން އޮތީ މީދޫ ބަނދަރު ސަރަހައްދުގައެވެ.

ގުޅިފައިވާ ޕާޓީތަކުން ރ. އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު ރ. މަޑުއްވަރީގައެވެ.

ރ. އަތޮޅަށް ގުޅިފައިވާ ޕާޓީތަކުން ވަޑައިގެންނެވި ޓީމުގައި ގުޅިފައިވާ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގެންނެވެ. ބައެއް ބޭފުޅުން މިއަދު މިއަތޮޅަށް ވަޑައިގެންނެވިއިރު އިއްޔެ ވެސް  ބައެއް ބޭފުޅުން ވަނީ މިއަތޮޅަށް ވަނީ ވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް