ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 09:50
"ޓައިގާ ޒިންދާހޭ" ގެ މަންޒަރެއްގައި ކެޓްރީނާ އާއި ސަލްމާން
"ޓައިގާ ޒިންދާހޭ" ގެ މަންޒަރެއްގައި ކެޓްރީނާ އާއި ސަލްމާން
ގޫގުލް
"ޓައިގާ ޒިންދާހޭ
"ޓައިގާ ޒިންދާހޭ" ގެ ޓްރެއިލާ ނެރެފި
"ޓައިގާ ޒިންދާހޭ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 22 ގައި

އަންނަ މަހުގެ 22 ގައި ނެރޭ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ ޒިންދާހޭ"ގެ ޓްރެއިލާ ނެރެފިއެވެ.

މި ފިލްމަކީ ސަލްމާނު ކުޅެފައިވާ ފިލްމު"ސުލްތާން" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މިއީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. "އޭކް ޓައިގާ" ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ހާނެވެ. 75 ކުރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

"ޓައިގާ ޒިންދާހޭ" ގައި ސަލްމާން ފެނިގެން ދާނީ ޓައިގާގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެންދާނީ ޒޯޔާގެ ރޯލުންނެވެ.

ސަލްމާން ހާން މި ފިލްމުގައި ފެނިގެން ދާނީ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯ ގައި މަސައްކަތްކުރާ އެޖެންޓެއްގެ ރޯލެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރާ ސްޕައި އެޖެންޓެއްގެ ރޯލެވެ.މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

- ކޮމެންޓް