ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 19:28
މާލެސިޓީ އަންހެނުން ކޮމިޓީގެ މިއަހަރުގެ އެކްސްޕޯ
މާލެސިޓީ އަންހެނުން ކޮމިޓީގެ މިއަހަރުގެ އެކްސްޕޯ
ރާއްޖެއެމްވީ
މާލެސިޓީ
މާލޭ ސިޓީ އަންހެނުން ކޮމިޓީގެ އެކްސްޕޯ ފަށައިފި
މިއަހަރުގެ އެކްސްޕޯ އޮތީ އާޓިފިޝަލް ބީޗް ސަރަހައްދުގައި
މިރޭ 11:00 އަށް ކުރިއަށް ދާނެ

މާލެ ސިޓީ އަންހެނުން ކޮމިޓީގެ މި އަހަރުގެ އެކްސްޕޯ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުކުރު ދުވަހު ފަށައިފިއެވެ.

"ވިމެން ފޯ ވިމެން" ގެ ނަމުގައި ކަނބަލުންނަށް ޚާއްސަކޮށްގެން މާލެސިޓީ އަންހެނުން ކޮމިޓީން މިފެށި އެކްސްޕޯ ހުކުރު ދުވަހުގެ ހަވީރު 4:00 އިން މިރޭ 11:00  އާ ހަމައަށް ކުރިއަށްދާނެ އެވެ.

ކުޑަކުދިންނަށް ވެސް ތަފާތު ކުޅިވަރުތަކާއިއެކު ކުރިއަށް ގެންދާ މި ހަރަކާތަކީ ކަނބަލުންގެ މަސައްކަތްތެރިކަމާއި ވިޔަފާރީގެ ތަކެތި ވިއްކުމުގެ ފުރުސަތު އެ ކަނބަލުންނަށް ދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ހެޔޮ އަގުގައި ތަކެތި ވިއްކާ ސްޓޯލްތަކާއި، ހެދިކާއާއި ލުއި ބުއިންތަކާއި ވަގުތުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ވިއްކާ ސްޓޯލްތައް އެތަނުގައި ވަނީ ގާއިމްކުރެވިފައެވެ.

މާލޭގެ ތަފާތު އެންޖީއޯސްތަކާއި ބައެއް މިނިސްޓްރީތަކުންވެސް މި ހަރަކާތުގައި ބައިވެރިވެއެވެ. މާލެސިޓީ ކައުންސިލުން ބުނީ، މި ހަރަކާތުގެ ސަބަބުން އަންހެނުންނަށް އިތުރު ފުުރުސަތުތަކެއް ތަނަވަސް ވެގެންދާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް