ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 18:20
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ޓުވީޓްކުރައްވާފައި
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނު ވަނީ މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ޓުވީޓްކުރައްވާފައި
މުހައްމަދު ޝަރުހާން
މެންބަރުންގެ ގޮނޑިގެއްލުން
އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނުކަމަށް ގަބޫލެއް ނުކުރަން: މައުމޫން
ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހައިސިއްޔަތު ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ވަރަށް ސާފުކޮށް ބަޔާންވެފައިވޭ
ގާނޫނު އަސާސީގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް
ރައްޔިތުންގެ މަޖިލީހުގެ 6 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވޭ

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

 

ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިތުރު ތިން މެމްބަރެއްގެ ގޮނޑި ގެއްލުނުކަން އިއުލާން ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

 

 

ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހައިސިއްޔަތު ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ވަރަށް ސާފުކޮށް ބަޔާންވެފައިވާ ކަމަށެވެ.

 

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

 

ބަންޑާރަ ނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރަމުންދާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އޭޖީ ހުށައެޅި ގޮތަށް ވަނީ ނިމިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުކުމް ކުރާ ދުވަހުން ފެށިގެން މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް