ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ދ. މާނއެނބޫދޫ ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.
ބުދަ ދުވަހުގެ މެންދުރު މާއެނބޫދޫ ސްކޫލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަރުކާރުގެ ތތަރައްޤީގެ ސިޔާސަތުތަކާ މިފަދަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވުމުގައި ގެންގުޅުއްވާ ސިޔާސަތުތައް ރައީސް ޔާމީން ހާމަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މާއެނބޫދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކޮށްދެއްވީތީ އެކަމުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން މާއެނބޫދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހުރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
ކޮންމެ ސަރުކާރަކުންވެސް ބަލަންވާނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
 
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
