ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 06:27
 ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން
މުރުޝިދް އަބްދުލް ހަކީީމް
ޕީޕީއެމް ޖަލްސާ
"އަސްތާ" ޖަލްސާއަށް ދާން އާސަންދަ އޮފީހުގެ މުވައްޒަފުނަށް މަޖުބޫރު ކުރަނީ
ޖަލްސާއަށް ނުދާން ބަހަނާއެއްް ނުދެއްކޭނެ ކަމަށް ބުނި
ޖަލްސާ އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ

އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޕީޕީއެމްގެ ޖަލްސާއަށް ދާން އާސަންދަ އޮފީހުގެ މުވައްޒަފުނަށް އަންގައިފި އެވެ.

 

އާސަންދަ އޮފީހުގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ އޮފީހުގެ އިސް ވެރިއަކު ވަނީ ޕީޕީއެމްގެ ޖަލްސާއަށް ކޮންމެހެންވެސް ދިއުމަށް އެތަނުގެ މުވައްޒަފުންނަށް އަންގާފައި ކަމަށެވެ. އޭނާ ބުނީ އެތަނުގައި އެ ވަގުތު ތިބި މުވައްޒަފުން އެއްޗެކޭ ނުބުނުމުން ޖަލްސާއަށް ނުދިއުމަށް "ނޯޗޮއިސް" ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

 

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ހަމަ ޖައްސާފައިވަނީ ކާނިވާ ސަރައްދުގަ އެވެ. މި ޖަލްސާއަށް ދިއުމަށް ސަރުކާރުގެ އެހެން ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުނަށް އަންގަމުންދާ ކަމަށް މުވައްޒަފުން ދަނީ ބުނަމުންނެވެ.

 

މީގެ ކުރިން ވެސް ކުޑަ ގަނޑުކޮޅެއްގައި ނަމްބަރެއް ޖެހުމަށް ފަހު، އެ ގަނޑު ކޮޅު ހިފައިގެން ޕީޕީއެމުން ބާއްވާ ޖަލްސާއަށް ދިޔުމަށް ސަރުކަރުގެ ކުންފުނިތަކުގެ މުވައްޒިފުންނަށް މަޖުބޫރުކޮށްފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 ނޮވެންބަރ 2017 | ބުދަ 11:46
މުއައްޒއފެއް އާސަންދަ
ބަލަ މަވެސް މަސައްކަތް ކުރަނީ އާސަންދައިގަ، މަށަކަށް ނުކުރޭ މަޖުބޫރެއް. ތި އުޅެނީ ޒާތީ ކަމެއް